"މުސްލިމުން ޙައްޤު ގޮތުގައި ތިބި ނަމަ އިސްލާމީ މުޖުތަމަޢު ﷲ ތަޢާލާ ގެންދަވާނީ މަތިވެރި ކުރައްވަވަމުންނެވެ. އެއްވެސް ޙާލެއްގައި ނިކަމެތި ނުކުރައްވަވާނެއެވެ.
ﷲ ތައާލާ ވަނީ އެކަލާނގެ ޒާތުފުޅަށް އަނިޔާވެރިކަން ޙަރާމް ކުރައްވަވައިފައެވެ. ވީމާ މުސްލިމުންނަކީ އެއްވެސް ޙާލެއްގައި އަނިޔާވެރިކަން އިސްކޮށްގެން ވާނެ ބައެއް ނޫނެވެ. މައްސަލަތައް ޙައްލުކުރަން މަސައްކަތް ކުރަންވާނީ ޞުލްޙަވެރިކަމާއިއެކުގައެވެ."
މިއީ ޝައިޚް ނިމާލް މުޙައްމަދު މިދިއަ ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުން ވިދާޅުވެފައިވާ ބަސްފުޅުތަކެކެވެ. ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިންވެސް ގެންދަނީ މިމޭރުމުން އިރުޝާދު ދެއްވަމުންނެވެ. އެމްޑީއެންގެ މައްސަލައިގައި އަނިޔާވެރި އެއްވެސް ޢަމަލެއް ނުހިންގައި ޤާނޫނީ އިމުގެ ތެރެއިން މައްސަލަތައް ޙައްލުކުރަން މަސައްކަތް ކުރުމަށާއި ދެކޮޅު ހެދުން ޞުލްޙަވެރި ކަމާއިއެކު ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދަން ދަނީ ޢިލްތިމާސް ކުރައްވަމުންނެވެ!
ގުޅުންހުރި ވީޑިއޯ: