ﷲ އަށް ކަމެއް ކޮށް ނުދިނުމުން ސުވާލުކުރައްވަވާނެ ފަދައިން ސުވާލުކުރައްވަވާނެ 3 ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ﷲ އަށް ކަމެއް ކޮށް ނުދިނުމުން ސުވާލުކުރައްވަވާނެ ފަދައިން ސުވާލުކުރައްވަވާނެ 3 ކަންތައް!

ﷲ ތައާލާއަށް ބޭނުންފުޅުވެވޮޑިގެންވާ ކަމެއް ކޮށް ނުދިނުމުން ސުވާލުކުރައްވަވާނެ ފަދައިން ޤިޔާމަތް ދުވަހު ސުވާލު ކުރައްވަވާނެ 3 ކަމެއް ވެއެވެ. ވިސްނައިގެން އަޑުއަހާށެވެ!

މީހަކު ބަލިވެއްޖެ ނަމަ ބޭނުންވަނީ ހަމައެކަނި ބޭސްކުރާނެ ފައިސާއެއް ނޫނެވެ. ފައިސާ ވެސް މުހިންމެވެ. ހަމައެއާއިއެކު ބަލިމީހުންނަށް ޒިޔާރަތްކޮށް ހިތްވަރުދީ ހަދަން ޖެހެއެވެ. އެއީ މަތިވެރި ސުންނަތެކެވެ. ޞަހާބީއަކު ބަލިވެ އުޅުއްވާކަން އެނގިވަޑައިގެންފިނަމަ އެމީހެއްގެ ގެއަށް ރަސޫލް (ޞޢވ) ޒިޔާރްކުރައްވަވައި އެމީހެއްގެ ހާލު ބައްލަވައި ހިތްވަރުދެއްވަވައި ހެއްދެވިއެވެ. 

ހަމައެކަނި ކާފަރުންނެއް ނޫނެވެ. ދެނެވަޑައިގަންނަވާ އެހެން ދީންތަކުގެ މީހުންނަށްވެސް ޒިޔާރަތް ކުރެއްވެވިއެވެ. 

މި މަތިވެރި އާދަ އަޅުގަނޑުމެންގެ ތެރެއިން މިދަނީ ނެތެމުންނެވެ. މިމަތިވެރި ސުންނަތަށް އަމަލުކުރާ މީހުން މިދަނީ މަދުވަމުންނެވެ. 

އަބޫ ހުރައިރަތުގެފާނު ރިވާކުރެއްވެވި އެވެ. 

މި ޙަދީޘްފުޅުން އެނގިގެންދަނީ މީހަކު ބަލިވެ އުޅޭކަން އެނގި އެމީހަކަށް ޒިޔާރަތްކޮށް ޙާލު ނުބަލާ މީހުންނާއި ބަނޑުހައި ހާލުތިބޭ މީހުންނަށް ކާން ނުދިނުމާއި ބޯފެނަށް އެދުމުން ނުދިނުމުން އެމީހަކާއި ﷲ ތައާލާ ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނެ ކަމެވެ. ސުވާލުކުރައްވަވާނީ ﷲ ތަޢާލާއަށް އެކަންކަން ކޮށްނުދިނުމުން ސުވާލުކުރައްވަވާ ފަދައިން ކަމެވެ. އަދި އެކަންކަން ކުރިނަމަ ގިނަގުނަވެގެންވާ ސަވާބާއި ދަރުމަ އެމީހަކަށް ދެއްވަވާނެ ކަމެވެ. 

މިޒަމާނުގައި ބޯފެންފޮދެއް ނުލިބިގެން އުޅެން ޖެހޭ މީހުން މަދުވެދާނެއެވެ. ނަމަވެސް މީހަކު ފރެންފޮދަކަށް އެދިއްޖެ ނަމަ ދޭން ޖެހޭނެއެވެ. މި ޒަމާނުގައިވެސް ހައިހޫނުކަންމަތީގައި އުޅޭ މީހުން މަދެއް ނޫނެވެ. އެފަދަ މީހަކު އެނގިހުރެ، އެހީތެރި ނުވުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. އެމީހާ އަމިއްލައަށް ކާނެ ތަކެތި ﷲ ތަޢާލާއަށް ވަކީލުކޮށްފައިވެސް އެމީހާގެ ހައިހޫނުކަން ފިކުވައިލަދޭށެވެ! ރަސޫލް (ޞޢވ) އާއި ޞަޙާބީން ޢަމަލުފުޅު ކުރެއްވެވީ އެފަދައިންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން