6 ބުރީގެ އޮފީސް އިމާރާތް އަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
6 ބުރީގެ އޮފީސް އިމާރާތް އަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ހުޅުމާލޭގައި ސަރުކާރުގެ 6 ބުރީގެ އޮފީސް އިމާރާތް އަޅަން ޕްލޭނިންގް މިނިސްޓްރީން ޗައިނާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

މިއިމާރާތް އަޅަން ޗައިނާގެ ހުނާން ނަންބަރު ހަ އިންޖިނިއަރިންގް ކޯ ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 185,806,545.64 ރުފިޔާ އަށެވެ. އަދި މިމަޝްރޫއު ނިންމަން ދީފައިވަނީ 365 ދުވަހުގެ މުއްދަތެކެވެ.

މިއެއްބަސްވުމުގައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީ ޕަރމަނަންޓް ސެކެޓްރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަދި ހުނާންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ލީގަލް ރިޕްރެޒެންޓޭޓިވް ވަންގް ހީ އެވެ.

މިއަދު އޮންލައިން