އަނބިމީހާ އާ މަންމަގެ ދުޢާ ހޯދުމުގަ ސާބިތުވި މީހަކަށް ލިބުނު ކުރިއެރުމުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
އަނބިމީހާ އާ މަންމަގެ ދުޢާ ހޯދުމުގަ ސާބިތުވި މީހަކަށް ލިބުނު ކުރިއެރުމުގެ ވާހަކަ!

އަހަރެންނަކީ ވަޒީފާއެއް ލިބޭތޯ ބަރާބަރު 3 އަހަރު މަގުތަކުގައި ހިނގި މީހަކީމެވެ. ހެނދުނުން ސުރެން ފެށިގެން ގޮސް ރޭގަނޑުވަންދެން މަގުތަކުގައި ހިނގި މީހަކީމެވެ. ނަމަވެސް ވަޒީފާއެއް ލިބޭނެ އެއްވެސް މަގެއް ނުފެނި ވަރަށް ބޮޑަށް މާޔޫސްވެފައި ހުއްޓައި  ބައްދަލުވި މީހަކު ކިޔައިދިން ގޮތަށް މަސައްކަތްކުރަން ފެށީމެވެ. 

އޭނާ ބުންޏެވެ. ކުރަން ބޭނުން ކަމެއް ނުކުރެވުނީހެއްޔެވެ؟ ކޮންމެ ދުވަހަކު ހެނދުނުންސުރެ ނިދަންވަންދެން ކޮޅުކޮޅަށް ހިނގައި މީސް މީހުންނާއި ބައްދަލުކޮށް ކުރާ މުޢާމަލާތުތަކުންވެސް ނަތީޖާއެއް ނުނުކުންނަނީ ހެއްޔެވެ؟ މަސައްކަތް ކުރެވޭ ގޮތް ބަދަލުކޮށްލާށެވެ! ފަތިސް ނަމާދަށްފަހު ހެނދުނުގެ ސައި ބޮއި، ގޭގައި ކުރަން ހުރި ކަންކަން ކޮށްލުމަށްފަހު ވަޒީފާއެއް ލިބުން ނަމަވެސް ނުވަތަ އެހެންކަމެއް ނަމަވެސް ހާޞިލުކުރެވޭތޯ މަސައްކަތްކުރަން ނުކުންނާށެވެ! 

އަންތބަކު ހުރި ނަމަ ނުކުތުމުގެ ކުރިން އަނބިމީހާ އާއި ދެމީހުން އެކުގައި ތިބެގެން ﷲ ތައާލާއަށް ދުޢާކުރަންވާނެއެވެ. މަންމަ ދުނިޔޭގައި ހުރިނަމަ ގެއިން ނުކުތުމުގެ ކުރިން މަންމަގެ ހެޔޮ ދުޢާ ލިބިގަންނަންވާނެއެވެ. 

މެންދުރު ނަމާދު ވަގުތުވުމުގެ ކުރިން މިސްކިތަށް އަރާށެވެ. ހުރިހާ ސުންނަތެއް ކޮށްފައި އެދޭ ކަންތައް ހިންމަވައި ދެއްވެވުން އެދި ދުޢާ ކުރާށެވެ! ޢަޞްރު ނަމާދު ވަގުތު ޖެހުމުގެ ކުރިންވެސް މިސްކިތަށް އަރާށެވެ. ނަމާދުކޮށް ނިމިގެން ޛިކްރުތައް ކިޔުމަށްފަހު ދުޢާ ކުރާށެވެ! ﷲ ތަޢާލާގެ ވާގިފުޅާއިއެކު ވަރަށް އަވަހަށް ތަފާތު ފެންނާނެއެވެ. 

އެދުވަހަށްފަހު ވަޒީފާއެއް ލިބޭތޯ މަސައްކަތްކުރަން ގެއިން ނުކުތުމުގެ ކުރިން ދެމަފިރިން އެކުގައި ތިބެ ދުޢާ ކުރަމެވެ. އަދި މަންމަގެ ހެޔޮ ދުޢާވެސް ލިބިގަންނަމެވެ. އޭނާ ބުނީ ވަރަށްބޮޑު ތެދެކެވެ. ތަފާތު ފެނުނެވެ. އެގޮތަށް ކަންކަން ކުރަންފެށިތާ 12 ވަނަ ދުވަހަކީ 3 އަހަރަށްވުރެ ދިގުލައި ދިއަ އަހަރެންގެ އިންތިޒާރަށް ނިމުން އައި ދުވަހެވެ. ވަޒީފާއެއް ލިބުނު ދުވަހެވެ. 

ހަމަ އެއާއިއެކު އަހަރެންގެ އަމިއްލަ ވިސްނުމުން ކުރި ކަމެއްގެ ނަތީޖާވެސް ބުނެލާނަމެވެ. އަހަރެންނަށް ވަޒީފާ ލިބުމުން ކޮންމެ ދުވަހަކުވެސް ވަޒީފާއަށް ދަނީ ދެމަފިރިން އެކުގައި ތިބެ ދުޢާކޮށްފައެވެ. ގެއިން ނުކުންނަނީ މަންމަގެ ހެޔޮ ދުޢާ ލިބިގަނެގެންނެނެވެ. 

އެކަމުގެ ނަތީޖާ ވެސް ހަމަ ވަރަށް ތަފާތުކޮށް ފެނުނެވެ. ވަޒީފާއަށް ނުކުމެ 3 އަހަރު ނުވަނީސް އަހަރެން މަސައްކަތްކުރާ ބައިން އެންމެ މައްޗަށް ދެވޭނެ ހިސާބަށް ދެވި ލިބޭނެ އެންމެ ބޮޑު މުސާރައަ އާއި އިނާޔަތްތައް ވަނީ ލިބެން ފަށައިފައެވެ! 

މި ވާހަކަ ހިއްސާ މިކުރީ ކޮންމެ ދުވަހަކީވެސް ގިނަ ބައަކު ވަޒީފާ ނުލިބިގެން އަހަރެން އުޅުނުފަދައިން ފމަގުމަތީގައި އުޅެން ޖެހޭނެ ދުވަހަކަށްވާތީ އަހަރެންގެ ތަޖުރިބާއިން ވެސް ފައިދާ ކޮށްފާނެ ކަމުގެ އުންމިދުގައެވެ. 

- ޚަލީޖް ޓައިމްސް އަށް މީހަކު ދީފައިވާ މައުލޫމާތަކުން

މިއަދު އޮންލައިން