ދީނީ އަދި ޤައުމީ ހަރަކާތުގެ މިސްރާބު ބަދަލުކުރުވަން މަސައްކަތް ނުކުރަން އަނދިރި އަނދިރިންނަށް ނަޞޭހަތްތެރިވަން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ދީނީ އަދި ޤައުމީ ހަރަކާތުގެ މިސްރާބު ބަދަލުކުރުވަން މަސައްކަތް ނުކުރަން އަނދިރި  އަނދިރިންނަށް ނަޞޭހަތްތެރިވަން!: ޑރ. އިޔާޟް

"އެމްޑީއެން އުވާލަން ކުރިއަށް ގެންދާ ޙަރަކާތަކީ ދީނީ އަދި ޤައުމީ ހަރަކާތެކެވެ. މިހަރަކާތް އެހެންދިމާއަކަށް ގެންދަން މަސައްކަތް ނުކުރަން އަނދިރިއަނދިރިންނަށް ނަޞޭހަތްތެރިވަން" –ޑރ. މުޙއްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވީ ނަމަވެސް "އަނދިރި އަނދިރިން"ނަކީ ކޮބައިކަން ހާމަކުރައްވާފައެއް ނުވެއެވެ. 

ޑރ. އިޔާޟް ވިދާޅުވީ ބައަކު ކިތަންމެ ބޮޑެތި، ދޮގު އިލްޒާމްތައް އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވި ނަމަވެސް ލާދީނީ ޓެރަރިސްޓް އެމްޑީއެން އުވާލަން ކުރިއަށް ގެންދާ ޙަރަކާތަށް 3 ހަފްތާ ވެފައިވާއިރުވެސް ޤާނޫނާ ޚިލާފް، ހަރުކަށި އެންމެ ބަސްފުޅެއްވެސް ވިދާޅުވެފައި ނުވާނެ ކަމަށެވެ. "ދޮގު އިލްޒާމްތައް ގިނައިން އަޅުވާ. ﷲ ތަޢާލާ ގެ ޙަޟްރަތުން އަޅުގަނޑަށް ލިބޭ ބޯނަސް އެއީ،"

 

މިއަދު އޮންލައިން