"މީސްތަކުންނޭވެ! މުސްލިމް ޤައުމުތަކަށް މިއަދު ކުރިމަތިވެފައިވާ ނިކަމެތި ޙާލަތާއިމެދު ވިސްނައި ފިކުރުކުރާށެވެ! ޙާލަތު ބަދަލުކުރެވޭނީ މީސްތަކުން ޙާލަތު ބަދަލުކުރަން މަސައްކަތްކުރުމުންނެވެ. ފަތިސް ނަމާދަށް ހޭލައި ފަތިސް ނަމާދުކުރަން ފަށައިގެންނެވެ.
އަހަރެމެންގެ ކިބައިގައި ހުރި ނުރަނގަޅު ސިފަތައް ދޫކޮށްލައިގެންނެވެ. ﷲ ތަޢާލާއަށްޓަކައި ވަގުތުކޮޅެއް ހޭދަކޮށްގެންނެވެ. ދުނިޔޭގެ އަރާމުތަކުން ބައެއް ޤުރްބާންކޮށްގެންނެވެ. މިކަންކަން ނުކޮށް އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެއެވެ!"
މިއީ "ފަނާރު ހިލް" ފޭސްބުކް އައިޑީ އިން މިއަދުނޫހަށް ކޮށްފައިވާ ކޮމެންޓެކެވެ. ވިދާޅުވެފައިވާ ބަސްކޮޅުގެ މުހިންމުކަން ބޮޑުކަމުން ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ. ރާއްޖޭގައި ވެސް އަދި މުޅި އިސްލާމީ މުޖުތަމައުގައިވެސް މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލު ކުރުމުގެ މަސައްކަތުގައި ހުރިހާ މުސްލިމުން ބައިވެރިވާން ޖެހެއެވެ. ބައިވެރިކުރަންވެސް ޖެހެއެވެ.
މިއަދުނޫހުގެ ކިޔުންތެރިން ކުރައްވާ މަސައްކަތްތަކަށް މިއަދުނޫހުން ތަރުޙީބް ދެމުން ގެންދާނަމެވެ.