ޤަވާއިދާ ޚިލާފަށް ރާއްޖެއަށް މީހުން ފޮނުވާ ނޭޕާލް މީހަކު ބެންގަލޫރު ފުހުން ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ޤަވާއިދާ ޚިލާފަށް ރާއްޖެއަށް މީހުން ފޮނުވާ ނޭޕާލް މީހަކު ބެންގަލޫރު ފުހުން ހައްޔަރުކޮށްފި

ރާއްޖޭގައި މަސައްކަތްކުރަން ޤަވާއިދާއި ޚިލާފަށް މީހުން ފޮނުވަމުން ދިއަ ނޭޕާލް މީހަކު ބެންގަލޫރު ފުލުހުން ހައްޔަރުކޮށްފިއެވެ. 

އެކަމުގެ ތުހުމަތުގައި އުމުރުން 40 އަހަރުގެ ނޭޕާލް މީހާ ހައްޔަރުކޮށްފައިވަނީ ބެންގަލޫރުގައި ހުރި ހޮޓަލަކުންނެވެ. މިކަމަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ރާއްޖެއަށް ފޮނުވަން އެ ހޮޓަލުގައި ބައިތިއްބާފައި ތިބި ނޭޕާލްގެ 9 މީހަކު ފުލުހުން ވަނީ ސަލާމަތްކޮށްފައެވެ. 

ދަ ސެންޓްރަލް ކްރައިމް ބްރާންޗުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ މި މައްސަލައިގައި ހައްޔަރުކުރެވުނު ޝަމްބޫ ބާބޫގިރި ނަމަކަށް ކިޔާ މީހާ، އެމީހުންނަށް ރާއްޖެއިން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބުނެ މިއިން ކޮންމެ މީހެއްގެ އަތުން 300000 (ތިން ލައްކަ) އިންޑިއާ ރުޕީސް ނަގާފައިވާ ކަމަށެވެ. 

ސީސީބީގެ ރިޕޯޓުގައި ބުނެފައިވަނީ ޝަންބޫ ބާބޫގިރީ ރާއްޖެއަށް މީހުން ފޮނުވަނީ އޭނާގެ ބައިވެރިޔާ، އާރްޕީ ޝަރުމާ ކިޔާ މީހެއްގެ ހަވާލުގައި ކަމަށާއި އެގޮތުން ފޮނުވާ މީހުންނާ ރާއްޖެއިން ހަވާލުވާ ފަރާތުން އެމީހުންގެ ޕާސްޕޯޓް އަތުލައި، މުސާރަ ނުދީ މަސައްކަތްކުރުވާކަމަށެވެ. 

ގުޅުން ހުރި ދަ ހިންދޫ ނޫހުގެ ލިޔުން:

 

 

މިއަދު އޮންލައިން