ބައެއް މީހުންނަކީ ދަރަނީގެ ގޮތުގައި ފައިސާ ހޯދައިގެން އެކިކަންކަމަށް ބޭނުންކުރާ މީހުންނެވެ. މިގޮތަށް ދަރަނީގެ ފައިސާ ބޭނުންކުރާ މީހަކު ނަމަވެސް ދަރަނި މެދުކެނޑުމެއްނެތި ޤަވާއިދުން ދައްކަމުން ގެންދާނަމަ އެމީހެއްގެ އަތުގައި ހުރި ދަރަނީގެ ފައިސާ ބޭނުންކޮށްގެންވެސް ޢުމްރާވުން ފަދަ ކަންކަން ކުރެވިދާނެއެވެ.
އެ ދަރަނީގައި އެއްވެސް މިންވަރަކަށް ރިބާ ހިމެނޭނަމަ ޙުކުމް ތަފާތެވެ. މި ބަޔާން ކުރީ ރިބާ ނުހިމެނޭ ގޮތަށް ހޯދާ ދަރަނީގެ ވާހަކައެވެ. ހަމައެއާއިއެކު ޢުމުރާ ވުމަށް އެ ފައިސާ ބޭނުންކުރި ނަމަވެސް ދަރަނި އަދާކުރަން ދަތިނުވާނެ ކަމުގެ ޔަޤީންކަންވެސް އެމީހަކަށް އޮންނަން ވާނެއެވެ.
ރިބާ ހިމެނޭ މުޢާމަލާތުތައް ކުރުން މުސްލިމުންނަށް ޙަރާމެވެ. ވީމާ ރިބާ، މިޒަމާނުގެ ބަހުރުވައިން ނަމަ އިންޓަރެސްޓް ހިމެނޭ އެއްވެސް ލޯނެއް ނެގުމާއި އެއްވެސް ކަމަކަށް ބޭނުން ކުރުން އަހަރެން ބުނާނީ ޙަރާމް ކަމަށެވެ. ރިބާ އަކީ މުސްލިމުން އެއާއި ދުރުހެލިވާން ޖެހޭ އެއްޗެކެވެ. އެއާއި ކައިރިވެސް ވެގެން ނުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން