ނަފްސާނީ ގޮތުން ނުކުޅެދުންތެރިކަން ހުރި މީހަކު ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކޮށްފި!

ކިޔުމަށް ހޭދަވާނީ 55ސ
ނަފްސާނީ ގޮތުން ނުކުޅެދުންތެރިކަން ހުރި މީހަކު ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކޮށްފި!

ދުނިޔޭގެ އެކިކަންކޮޅު ތަކުގައިވެސް، ކީރިތި ޤުރްޢާން އެއްކޮށް ހިތުދަސް ކޮށްފައިވާ މީހުން އެބައުޅެއެވެ. އޭގެ ތެރޭގައި ބައެއް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ.

ނަމަވެސް މިފަހަރު މިދައްކަނީ ނަފްސާނީ ގޮތުން ނުކުޅެދުންތެރިކަން ހުރި މީހަކު ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކުރި ކަމުގެ އާދަޔާ ޚިލާފު ވާހަކައެވެ. އެނގިފައިވާ ގޮތުގައި އެމީހާއަކީ މީގެކުރިން އެއްވެސް މަދަރުސާއަކަށް ވެސް ގޮސްފައިވާ މީހެއް ނޫނެވެ. އަދި އޭނާގެ ޙަޔާތުގެ ގިނަ ވަގުތު އޭނާ ހޭދަކޮށްފައިވަނީ ހޮސްޕިޓަލެއްގެ އެނދެއްގެ މަތީގައެވެ.

އޭނާގެ ނަމަކީ މުޙައްމަދު އަބްދުﷲ އަލް-ޤަރްނީ އެވެ. އުމުރުން 31 އަހަރުގެ މިޒުވާނާގެ ނަފްސާނީ މައްސަލައެއް ހުރުމުން އޭނާއަށް ލިޔަން ކިޔަން އުނދަގުލެވެ.

މުޙައްމަދު އަބްދުﷲ ގެ ބޭބެ ބުނިގޮތުގައި އޭނާ އުފަންވީއިރުވެސް ނަފްސާނީ ގޮތުން ނުކުޅެދެއެވެ. އަދި އެދެމީހުންނަކީ ވެސް ޔަތީމު ދެމީހުން ކަމުގައިވެސް އޭނާގެ ބޭބެ ބުންޏެވެ.

މުޙައްމަދު އަބްދުﷲ އަލް-ޤަރްނީ އަށް މިހާރުވެސް އަންނަނީ ރިޔާދްގެ ކިންގް ފަޙްދް މެޑިކަލް ސިޓީގައި ފަރުވާދެމުންނެވެ.

މިއަދު އޮންލައިން