"ދިވެހިރާއްޖޭގަ ފުޅައު ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާއި ދިވެހިރާއްއިން ބޭރުގައި ކުރާ ހަނގުރާމަތަކަށް ދިވެހިން ފޮނުވައި ހަނގުރާމަވެރި ޖަމާޢަތްތަކަށް މީހުން ރެކްރޫޓްކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު މިރޭ ހައްޔަރުކޮށްފައިވާކަމަށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެއީ 35 އަހަރުގެ މީހެއް ކަމަށެވެ.