ތަހުގީގު އިދާރާތަކުން ތަހުގީގު ކުރުމެއް ނެތި ސުމޯޓޯ ނުހިންގޭނެ ގޮތަށް ހަދަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތަހުގީގު އިދާރާތަކުން ތަހުގީގު ކުރުމެއް ނެތި ސުމޯޓޯ ނުހިންގޭނެ ގޮތަށް ހަދަނީ!

ތަހުގީގު އިދާރާތަކުން ތަހުގީގު ކުރުމެއް ނެތި ސުމޯޓޯގެ މައްސަލަތައް ސުޕްރީމް ކޯޓަށް އަދި އެހެން ކޯޓަކަށްވެސް ނުހިންގޭނެ ކަމަށް ގާނޫނުގައި ލިޔަން ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކަށް އަންގަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިންމައިފި އެވެ.

2015 ވަނަ އަހަރު ސުޕްރީމް ކޯޓުން އިސް ނަގައިގެން އެޗްއާރުސީއެމް އާ ދެކޮޅަށް ހިންގި ސުމޯޓޯ މައްސަލަގައި އެ ކޯޓުން ވަނީ އެޗްއާރުސީއެމްއިން އަމަލު ކުރާނެ ގޮތުގެ ގައިޑްލައިނެއް ކަނޑައަޅާފައެވެ.

މިކަމާގުޅިގެން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިމައްސަލަ ބަލައި އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ސުމޯޓޯ މައްސަލަ ހިނގާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި ސުމޯޓޯ ހިންގުމަކީ ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނަންގަވައިގެން އުޅޭ ބާރެއް ކަމަށެވެ.

ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ "ތަހުގީގު އިދާރާއަކުން ތަހުގީގު ކުރުމެއް ނެތި ދައުވާ އުފުލުމެއް ނެތި. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަންގަވައިގެން ސުމޯޓޯކޮށް ގާނޫނުއަސާސީއާ ހިލާފަށް ހުކުމްތައް ނެރުއްވަމުން ދާތީ. އެއީ ސުޕްރީމް ކޯޓަށް އަދި އެހެންވެސް ކޯޓަށް ނުކުރެވޭނެ ގާނޫނުއަސާސީއާ ހިލާފު އަމަލެއް ކަމާއި. އަދި އެއީ ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނަންގަވައިގެން އުޅޭ ބާރަކަށް ވާތީ. އެ ބާރު އެގޮތަށް ސުޕްރީމް ކޯޓަށް ލިބިގެން ނުވާކަން ސާފުވާގޮތަށް ގާނޫނުގައި ބަޔާން ކުރުމަށް،" ކަމަށެވެ.

މިއަދު އޮންލައިން