މަލިކު ކައިރިއަށް ދެވުނު "އަންބަރީ" ދޯނި ފަސްހާސް ރުފިޔާ އިން ޖޫރިމަނާ ކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
މަލިކު ކައިރިއަށް ދެވުނު "އަންބަރީ" ދޯނި ފަސްހާސް ރުފިޔާ އިން ޖޫރިމަނާ ކޮށްފި!

މަލިކު ކައިރިއަށް ދެވުނު ރާއްޖޭގެ "އަންބަރީ" މަސް ދޯނި ގެ ވެރިފަރާތް ފިޝަރީޒް މިނިސްޓްރީން 50،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިކަމާގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މިދޯނީގެ ވެރިފަރާތް ޖޫރިމަނާކުރީ އަލަށް އަމަލު ކުރަން ފެށި "ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު"ގެ 73 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށެވެ.

މިމާއްދާގައި ބުނަނީ، ލައިސަންސް ނެތި ނުވަތަ ދޫކޮށްފައިވާ ލައިސެންސާ ހިލާފަށް އެއްވެސް އުޅަނދަކުން މަސްވެރިކަމުގެ ހަރަކާތެއް ނޫނީ އެކަމާ ގުޅޭ ހަރާކާތެއް ހިންގައިފި ނަމަ އެ އުޅަނދެއްގެ މާސްޓަރު، ވެރިފަރާތް އަދި އޮޕަރޭޓަރުވެސް ހިމެނޭ ގޮތުން، އެއިން ކޮންމެ ފަރާތެއް ވަކިވަކިން 400،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިދޭ ކަމަށެވެ. 

"އަންބަރީ" ދޯނި މަލިކު ކައިރިން އިންޑިއާ ސިފައިން ހިފެހެއްޓީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އެވެ. ނަމަވެސް ފަހުން އެ ދޯނި އިންޑިއާ ސަރުކާރުން ވަނީ ދޫކޮށްލައިފަ އެވެ.

މިއަދު އޮންލައިން