"އަޅުގަނޑާ ޢަލީ ޒައިދު ހައްޔަރުކުރިއަސް، ދުލަށް މޮހޮރު ޖެހިއަސް، އެމްޑީއެން އުވާލުމުގެ ކަންތައް ނިންމާފައި ނޫނީ މިކަމުގެ އަބްޠާލުން ގެއަކަށް ނުވަންނާނެ! އިން ޝާ ﷲ!"
އަޅުގަނޑުމެންނަށް ފުރައްސާރަކޮށް ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، ކިތަންމެ ކާޓޫނެއް ކުރެހި ނަމަވެސް ﷲ ގެ ރަޙްމަތާއިއެކު އެންމެ ތަންފުކެއްވެސް ފަހަތަކަށް ނުޖެހޭނެ ވާހަކަ ދަންނަވަން އިން ޝާ ﷲ! އެމްޑީއެން އުވާލަން މަސައްކަތްކުރާ ހަރަކާތްތެރިން ދަނީ ރާއްޖޭގެ ކަންކޮޅުތަކުގައި ގިނަވަމުން!"
"ބައަކު މީހުން ދެކެ ބިރުން އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް ބަޔާން ނުނެރެވި ތާށިވެފައި ތިބި ކައުންސިލްތަކުގެ ބޭފުޅުން، ބިރު ދޫކޮށްލައްވައި ވީހައި އަވަހަކަށް ބަޔާން ނެރުއްވާ! ނޫންނަމަ އަންނަ ކައުންސިލް އިންތިޚާބުގަ ރައްޔިތުން އެކަމުގެ ބަދަލު ހިފާނެ! އިން ޝާ ﷲ!"
އެމްޑީއެން އުވާލަން މަސައްކަތްކުރައްވާ ފަހުލަވާނުން ކުރައްވާ ހިތްވަރަށް އައްސަރިބަހާ ސާބަސް ދެން! ﷲގެ ރަހްމަތާއިއެކު މިކަން އަޅުގަނޑުމެން ކާމިޔާބުކުރާނަން! ޢަދާވާތްތެރިންނަށް ޖެހޭނީ ހަސަދަވެރިން ކަމުގައި ހަލާކުވެދާން! އިންޝާ ﷲ!"
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް