ބައެއް މީހުންނަށް ހެޔޮ ނުބައި ވަކިކުރަން ނޭނގިގެން މިއުޅޭ ސަބަބު މިއާޔަތުން މިއޮތީ ފެންނާށެވެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ބައެއް މީހުންނަށް ހެޔޮ ނުބައި ވަކިކުރަން ނޭނގިގެން މިއުޅޭ ސަބަބު މިއާޔަތުން މިއޮތީ ފެންނާށެވެ!: ޑރ. އިޔާޟް

ބައެއް މީހުންނަށް ހެޔޮ ނުބައި ވަކިކުރަން ނުއެނގިގެން މިއުޅޭ ސަބަބު މިއާޔަތުން މިއޮތީ ފެންނަން ކަމަށް ވިދާޅުވެ ފާޠިރް ސޫރަތުގެ 8 ވަނަ އާޔަތް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ހާމަކުރައްވައިފިއެވެ. 

"ފަހެ، އެމީހެއްގެ ނުބައި ޢަމަލު، އެމީހަކަށް ޒީނަތްތެރިކުރެވި އަދި އެއީ ރަނގަޅު ޢަމަލު ކަމުގައި ދެކެފި މީހާ (ތެދުމަގު ލިބުނުމީހާއާ އެއްފަދަހެއްޔެވެ؟) ފަހެ، ހަމަށަވަރުން، ﷲ، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. ފަހެ، އެއުރެންގެ މައްޗަށް ހިތާމަކުރެއްވުމުގައި، ކަލޭގެފާނުގެ ނަފްސް ހަލާކުވިޔަނުދެއްވާށެވެ! ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (ފާޠިރް: 8) 

"ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައި ހުރި އެތައް ބައިވަރު ޖަމިއްޔާތަކެއް އެބަހުއްޓެވެ. އެހެންކަމާއިއެކުވެސް ރައްޔިތުން ނުކުމެ އެމްޑީއެން އުވާލަން ގޮވަމުން ދަނީ ސަބަބުތަކެއް ހުރުމުންނެވެ. 

އަނދިރި އަނދިރިންވެސް ދިވެހި ރައްޔިތުންގެ ކަރަށް ރާ އަޅަން އުޅުމުން ވީ ފޭލްއެވެ. ރާއްޖޭގެ ރައްޔިތުންގެ ދީން އަތުލައިގަންނަން އުޅުމުން ވެސް ވާނީ ފޭލް އެވެ! އިން ޝާ ﷲ!" 

އިސްލާމް ދީނުގެ ދިފާޢުގައި ތެދުވުމަކީ ކޮންމެ މުސްލިމަކަށް ވެސް ލިބިގަންނަ މަތިވެރި ޝަރަފާއި ފަޚުރަކަށް ހަދާށެވެ! އެކަމުގަ ހޭދްކުރާ ވަގުތަކީ މަތިވެރި ދަރުމަ އާއި ސަވާބު ލިބޭނެ އެއްޗެއްކަން ހަނދާނުގައި ބަހައްޓާށެވެ!" 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން