ކިތަންމެ ލޯބިވި ނަމަވެސް އަދި ރުޅި އެރި ނަމަވެސް ޙަޤީޤަތާއި ޚިލާފް ބަހެއް ނުބުނުމަކީ ﷲ ގެ އަމުރުފުޅެއް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކިތަންމެ ލޯބިވި ނަމަވެސް އަދި ރުޅި އެރި ނަމަވެސް ޙަޤީޤަތާއި ޚިލާފް ބަހެއް ނުބުނުމަކީ ﷲ ގެ އަމުރުފުޅެއް!: ޑރ. އިޔާޟް

"ކިތަންމެ ވަރަކަށް ލޯބިވި ނަމަވެސް އަދި ރުޅި އެރި ނަމަވެސް ޙަޤީޤަތާއި ޚިލާފް ބަހެއް ނުބުނާށެވެ! މުއްމިނުންގެ ގޮތަކީ ޢަދުލުވެރިވުމެވެ. އޮންނަ ރުޅިވެރިކަމެއް އެއީ ޢަދުލުވެރި ނުވުމަށް އޮތް ސަބަބެއް ކަމުގައި ނުހެދުމަށް ސޫރަތް އަލްމައިދާ ގެ 8 ވަނަ އާޔަތުގައި އަންގަވާފައި ވެއެވެ.'' - ޑރ. އިޔާޟް  

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ﷲ އަށްޓަކައި އެކަލާނގެ ޙައްޤު ތައް ފުރިހަމަޔަށް ޤާއިމް ކުރާ، އަދި ޢަދުލަށް ހެކިދޭ ބައަކު ކަމުގައިވާށެވެ! އަދި ބައަކުމީހުންދެކެ ތިއަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިއަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިއަބައިމީހުން ޢަދުލްވެރިވާށެވެ! އެގޮތް ތަޤްވާ ވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިއަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިއަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްމާއިދާ: 8) 

ޢަދުލުވެރިވުމަކީ ހަމައެކަނި ފަނޑިޔާރުންނަށާއި ވެރިންނަށް އޮތް ކަމެއް ނޫނެވެ. ނޫސްވެރިންނާއި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތަކުގައި ބަސްބުނެ އުޅޭ މީހުންވެސް މި އާޔަތަށް ބިރުވެތިވުން ހުއްޓެވެ. އަދި ދައްކައި އުޅޭ ވާހަކަތަކުގައިވެސް މެއެވެ. ޢާއިލީ ކަންކަމުގައިވެސް އަދި އެނޫން ވެސް އެމީހަކު ކުރާ ކޮންމެ ކަމެއްގައިވެސް މެއެވެ.

 

 

 

މިއަދު އޮންލައިން