ފިރިމީހާ އޭނާއަށް ކުކުޅު ބިސް ކާން ނުދޭކަމަށް ބުނެ އަންހެނަކު ދެވަނަ ފަހަރަށް ފިރިމީހާއަށް ފިލައިފިއެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝް އަށް ނިޞްބަތްވާ މި އަނހެން މީހާ އާއި ގުޅިގެން ފުލުހުން ބުނީ މީގެ ކުރިންވެސް ފިރިމީހާއަށް ފިލައިގެން 4 މަސް ދުވަހު އުޅުމަށްފަހު ފުލުހުންނަށް ދިން ބަޔާނުގައި ބުނީ ފިލީ ކުކުޅުބިސް ކާން ނުދޭތީ ކަމަށާއި އޭނާ ބޭނުން ނުވާތަކެތި ފިރިމީހާ ކާތީ ކަމަށެވެ.
އަނބިމީހާ ދެވަނަ ފަހަރަށް ފިލުމުން ހޯދައި ދިނުން އެދި ފިރިމީހާ މިހާރު ފުލުހުންނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ކުކުޅު ބިސް ކާން ނުދޭތީ އަނބިމީހާ ދެވަނަ ފަހަރަށް ފިލުމުން އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގައި އެކަބަރު ވަނީ ގެނެސްފައެވެ.