އެމްޑީއެން އާމެދު ފިޔަވަޅު އަޅަން ކުރާ އިލްތިމާސް ތަކުރާރުކުރަނީ ސަރުކާރު ދެކެ ލޯބިވާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އެމްޑީއެން އާމެދު ފިޔަވަޅު އަޅަން ކުރާ އިލްތިމާސް ތަކުރާރުކުރަނީ ސަރުކާރު ދެކެ ލޯބިވާތީ!

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޚިލާފްވުމުން ފިޔަވަޅު އަޅައިދިނުން އެދި ކުރާ އިލްތިމާސް ތަކުރާރު ކުރާތީ ރުޅި އައުމުގެ އެއްވެސް ޙައްޤެއް ނެތެވެ. އެކަން ކުރަނީ ސަރުކާރު ދެކެ ލޯބިވާތީއެވެ.

ހެޔޮ ކަންކަމަށް އަމުރުކުރުމާއި ހެޔޮ ކަންކަން ކުރަން ނަޞޭޙަތް ދިނުމާއި ހެޔޮ ކަންކަން ކުރަން ގިނަގިނައިން ހަނދުމަކޮށްދިނުމަށް ހުކުރު ޚުޠުބާތަކުގައި އަބަދުވެސް ކިޔާކަން ހުކުރަށް ދާ އެންމެންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ވީމާ އެވަރު އެނގެން ކޮންމެހެން ދީނީ ޢިލްމުވެރިއަކަށް ވާކަށްވެސް ނުޖެހެއެވެ.

ކޮންމެ ދުވަހަކު 5 ނަމާދު ކުރުން ވަނީ ފަރުޟު ކުރައްވަވައިފައެވެ. އެހެންކަމާއިއެކުވެސް ތަކުރާރުކޮށް ބަންގި ގޮވަމުން ގެންދަނީ މީސްތަކުންނަށް ހަނދުމަކޮށްދިނުމަށެވެ. އިސްލާމް ދީނަކީ ނަބޭޙަތުގެ ދީން ކަމަށާއި މީސްތަކުންނަށް ހަނދުމަކޮށްދިނުމަކީ އަޅުކަމެއްކަމަސް ވެސް ޚުޠުބާ ތަކުގައި ކިޔައެވެ.

ރާއްޖޭގެ މުޅި ތާރީޚޫގައިވެސް އިސްލާމް ދީނަށް ކުރިމަތިމަތި ކުރުވި އެންމެ ބޮޑު ގޮންޖެހުން، ދުނިޔޭގެ ފެންވަރުގައި ކުރިމަތިކުރުވުމުން އެކަމަށް ފިޔަވަޅު އަޅަން ގިނަގިނައިން ހަނދުމަކޮށްދޭން އެބަ ޖެހެއެވެ. ދަރިންނަސް ވެސް ކަންކަން ހަނދާންކޮށްދެނީ އެންމެ ފަހަރަކު ނޫނެވެ. އެކަމެއް އިޞްލާޙް ކުރަންދެންނެވެ. އިޞްލާޙް ކުރުމުންވެސް އެފަދަ ކަމެއް އަލުން ތަކުރާރު ނުކުރުމަށްވެސް ނަޞޭޙަތްތެރިވަމުއެވެ.

މިއަދު އޮންލައިން