އުހުދު ހަނގުރާމައިގެ ދުވަހު މުސްލިމުންގެ ދިދަ އުފުއްލެވީ މުޞްޢަބް ބިން ޢުމެއިރު (ރޢ) އެވެ. މުޝްރިކުން އެކަލޭގެފާނުގެ އަތްޕުޅު ކަނޑައިލުމުން ދެވަނަ އަތްޕުޅުން ދިދަ އުފުއްލެވިއެވެ. އެއަތްޕުޅު ކަނޑައިލުމުން އަތްޕުޅުގެ ވާގިހުރި ބައިން ދިދަ އުފުއްލަވަން މަސައްކަތް ކުރެއްވެވިއެވެ.
އިނާމެއްގެ ގޮތުން ހަނގުރާމައިގައި ޝަހީދުވެވަޑައިގެން ޤިޔާމަތް ދުވަހާއި ހަމައަށްވެސް ސުވަރުގޭގެ ފަރިއްކޮޅުން ފަރިއްކުޅުއްވެވޭނެ ފަދަ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ދަރަޖަ ލިބިވަޑައިގެންނެވިއެވެ.
ދިވެހި ރައްޔިތުން ބޭނުންވަނީ އިސްލާމް ދީނަށްޓަކައި މުޞްޢަބް ބިން ޢުމެއިރު (ރޢ) ފަދަ އިސްލާމް ދީނަށް ނަޞްރު ދެއްވެވި ފަހުލަވާނުންނަށްވުމަށެވެ. އެއްވެސް ޙާލެއްގައި "3000 މީހުންނާ ހަނގުރާމަ ނުކުރެވޭނެ" ކަމަށް ބުނެ 300 މުނާފިޤުންނާއިއެކު މައިދާން ދޫކޮށް ފިލައިގެން މަދީނާއަށް ދިއަ މުނާފިޤުންގެ ވެރިޔާ ޢަބްދުﷲ ބުނު ޢުބައްޔު ބުނު ސަލޫލް އާއި އޭނާ އާއި ބައިވެރިވި މުނާފިޤުން ފަދަ ބައަކަށް ވުމަކަށް ނޫނެވެ.
- ޝައިޚް ޢަބްދުﷲ މިފްޟާލްގެ ދަރުސް އަޑުއައްސަވައިލައްވާށެވެ!
ގުޅުންހުރި ވީޑިއޯ: