ދަރިންނަށް އަމިއްލައަށް ދީން އުނގަންނައިދިނުމުން 2 ސަވާބު ދެއްވަވާނެ! ނަމަވެސް އެވަރަކުން އަދި ނުފުދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ދަރިންނަށް އަމިއްލައަށް ދީން އުނގަންނައިދިނުމުން 2 ސަވާބު ދެއްވަވާނެ! ނަމަވެސް އެވަރަކުން އަދި ނުފުދޭނެ!

ދަރިންނަށް ދީނީ ތައުލީމު ދިނުމަށާއި ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ދަސްކޮށްދޭން ގިނަ ބައަކު މަސައްކަތްކުރެއެވެ. އަދި އަމިއްލައަށް ދީނުގެ ކަންކަން އެނގޭ މިންވަރަކުން ދަރިންނަށް ދަސްކޮށްދޭންވެސް މަސައްކަތްކުރެއެވެ. މިއީ ވަރަށް ރަނގަޅު ކަމެކެވެ. ވަރަށް ފައިދާވެސް ހުރިކަމެކެވެ. 

އެނގޭ ހެއްޔެވެ؟ އަމިއްލައަށް ދަރިންނަށް ކިޔަވައި ދިނުމުން، އެނގޭ ކަންކަން ދަސްކޮށްދިނުމަކީ 2 ސަވާބު ލިބޭނެ ކަމެކެވެ. އެއް ގޮތަކީ އުނގަންނައިދީނުމުގެ ސަވާބެވެ. ދެވަނަ ގޮތަކީ ދަރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމުގެ ސަވާބެވެ. އެހެންކަމާއިއެކުވެސް މިވަރަކުން އަދި ނުފުދެއެވެ. 

ގިނަ ކުދިން ގޯޅިއަޅައިގެން ނުބައިމަގުން ދަނީ އެކުގައި އުޅޭ ކުދިންގެ ސަބަބުންނެވެ. ވީމާ ދަރިންނަށް ބޭނުންވާ ހުރިހާ ކަންކަން ކޮށްދިނުމާއި ސްކޫލަށް ފޮނުވުމަށްވުރެވެސް މުހިންމީ އެކުދިން ބޮޑެތިވަމުން އަންނަ އިރު އެކުދިންގެ ކަންކަން ބެލެހެއްޓުމެވެ. އެކުގައި އުޅޭ އެކުވެރިންގެ ކަންކަން ދެނެގަތުމެވެ. 

މިއަދު މުޖުތަމައުގައި އުޅޭ ގިނަ މީހުންނަކީ ދީނީ ކަންކަމަށް ސަމާލުކަން ދޭ ބައެއް ނޫނެވެ. މުންކަރާތްތަކަށް އަރައިގަންނަ، ބޮޑެތި ފާފަތައް ކުރާ މީހުން ވެސް މަދެއް ނޫނެވެ. މިފަދަ މީހަކާއި އެކުވެރިވެވިއްޖެނަމަ ދަރިފުޅުގެ ދެ ދުނިޔެ ގެއްލުނީއެވެ. އެހެނީ ކުދިން ބޮޑެތިވަމުން އަންނައިރު ބޮޑަށް ސަމާލުކަން ދޭނީ އެކުވެރިންނަށެވެ. އެކުވެރިން ކުރާ ކަންކަން ކުރުމަށެވެ. 

ޤަބޫލުކުރެވުނު ނަމަވެސް ނުކުރެވުނު ނަމަވެސް ގިނަ ކުދިން މައިންބަފައިންނަށް ތެދުވެރި ނުވި ނަމަވެސް އެކުވެރިންނަށް ތެދުވެރިވާނެއެވެ. މައިން ބަފައިންގެ ގާތުގައި ދޮގެއް ހަދާފައި ނަމަވެސް އެކުވެރިންގެ ގާތަށް ދާކަމާއި އެކުވެރިން ކުރާ ކަންކަމުގައި ބައިވެރިވާކަން އެއީ މިކަމުގެ ހެއްކެކެވެ. މައިންބަފައިން ދޭ ނަޞޭހަތަށްވުރެ އެކުވެރިންގެ ބަސް ޤަބޫލުކުރުން ގިނަވުން އެއީވެސް މިކަމުގެ ހެއްކެކެވެ. 

ވީމާ ކޮންމެ ބެލެނިވެރިއަކުވެސް މިކަންކަމަށް ހޭލުންތެރިވާން އެބަޖެހެއެވެ. ދަރިން ބޮޑުވެއްޖެ ކަމަށް އަތްދޫކޮށްލުމެއް ނެތެވެ. ބަލަހައްޓަން ވަރަށް ބޮޑަށް މަސައްކަތްކުރަން އެބަ ޖެހެއެވެ. 

- ޝައިޚް ޢަލީ ހައްމުދާގެ ޚުޠުބާއަކުން

މިއަދު އޮންލައިން