މީރާއަށް ފަތުޙުﷲ އާއި އަސްމާ އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި!

ކިޔުމަށް ހޭދަވާނީ 1މ 20ސ
މީރާއަށް ފަތުޙުﷲ އާއި އަސްމާ އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި!

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަސްމާ ޝަފީއު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ފަތުހުﷲ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރަން ނިންމީ 82 ވޯޓުންނެވެ. އަސްމާ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރަން ނިންމީ 81 ވޯޓުންނެވެ.

ކޮމިޝަނާ އަކަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ ދެ ނަމެކެވެ. އެއީ ފަތުހުﷲ ޖަމީލާއި އިސްމާއީލް ނާޝިދުގެ ނަމެވެ.

ފަތުހުﷲ އަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރެކެވެ. ނަމަވެސް މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާގުގައެވެ. އިސްމާއީލް ނާޝިދަކީ ކަސްޓަމްސްގެ އެސިސްޓެންޓު ކޮމިޝަނަރެވެ. އޭނާ ކަސްޓަމްސްގައި މަސައްކަތް ކުރައްވާތާ 18 އަހަރު މިހާރު ވަނީ ވެފައެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރުމުގެ ގޮތުން ހަ ނަމެއް ރައީސް ޞާލިޙު ވަނީ މަޖިލީހަށް ފޮނުއްވާފައިވެއެވެ. އެއީ މުހައްމަދު ސިރާޖު މުނީރާއި އަސްމާ ޝަފީއުއާ އިސްމާއިލް ސާޖިދާއި އަހުމަދު ޝަރީފާއި، އަހުމަދު ވާފިރާއި އަހުމަދު އަގީލްއެވެ.

މީރާގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަން ޖެހުނީ މީރާގެ ގާނޫނަށް ގެނައި އިސްލާހަކުން ކުރިން އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު ގެއްލިގެން ދިއުމުންނެވެ.

މިއަދު އޮންލައިން