އަޅުގަނޑުމެން މިހާރު ވެސް މިކުރާ މަސައްކަތަކީ ރައީސްގެ އިލްތިމާސަށް އިޖާބަ ދިނުން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އަޅުގަނޑުމެން މިހާރު ވެސް މިކުރާ މަސައްކަތަކީ ރައީސްގެ އިލްތިމާސަށް އިޖާބަ ދިނުން!: ޑރ. އިޔާޟް

ރާއްޖޭގައި ތިއްބެވި ދިނީ ޢިލްމުވެރިން މިހާރު ވެސް ކުރައްވާ މަސައްކަތްޕުޅަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިލްތިމާސަށް އިޖާބަ ދެއްވުން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް މިރޭ ދީނީ ޢިލްމުވެރިންނަށް ކުރެއްވި އިލްތިމާސް: 

"ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންނަށް އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް އެއްވެސް ބައަކަށް ފުރުޞަތު ނުދެއްވާށޭ!" 

ޑރ. އިޔާޟް ވިދާޅުވީ އިސްލާމް ދީން ނޫން އެހެންދީންތައް ރާއްޖެއަށް ތަޢާރަފްކޮށް ޕްރަމޯޓުކުރުމާއި ދިވެހިން އިސްލާމް ދީނުން ބޭރުކުރަން މަސައްކަތްކުރުމާއި އެފަދަ މަސައްކަތްތައް ކުރާ މީހުންނަށާއި ޖަމާޢަތްތަކަށް ހިތްވަރު ދިނުމަކީ ރާއްޖޭގައި ރޯކުރެވޭނެ އެންމެ ބޮޑު ސިޔާސީ ހުޅު ކަމަށެވެ. އެހެންކަމުން އެފަދަ ކޮންމެ ކަމެއް ވެގެންދާނީ އެ ހުޅު ރޯކުރަން ޖެއްސޭ ދަރަށް ކަމަށެވެ. 

"ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނަކަށް އެއްވެސް ފުރުޞަތެއް ނުދޭން އަޅުގަނޑުމެން އެންމެން (ދީނީ ޢިލްމުވެރިން) ވެގެން، އެންމެން ގުޅިގެން މި މަސައްކަތް ކުރަނީ ހަމަ އެ ސަބަބަށްޓަކައި. އެކަމުގެ ސަބަބުން އުފެދޭނެ ބޮޑު ފިތުނައިން ޤައުމާއި ރައްޔިތުން ސަލާމަތްކުރަން. އެކަން ކުރެވޭނީ ރާއްޖޭގައި ފުރިހަމައަށް އިސްލާމް ދީން ޙިމާޔަތްކުރެވިގެން. ދަރު އުކާ މީހުންގެ ކިބައިން ޤައުމާއި ރައްޔިތުން ސަލާމަތްކޮށްގެން." ކަމަށްވެސް ޑރ. އިޔާމް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން