ކެމިކަލް ވަގަށް ނެގީ ލެބޯޓްރީ ފަޅާލައިގެންކަމެއް، ޕްރިންސިޕަލާ ޓީޗަރުގެ އިހުމާލުންކަން އެނގޭނެ ގޮތެއް ނުވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކެމިކަލް ވަގަށް ނެގީ ލެބޯޓްރީ ފަޅާލައިގެންކަމެއް، ޕްރިންސިޕަލާ ޓީޗަރުގެ އިހުމާލުންކަން އެނގޭނެ ގޮތެއް ނުވި!

ސްކޫލެއްގެ ލެބޯޓްރީން ދަރިވަރުންތަކެއް ކެމިކަލް ވަގަށް ނެގީ އެތަނުގެ ތަޅު ހަލާކުކޮށްލައި ވަގަށް ފަޅާލައިގެން އެތަނަށް ވަދެ ކަމެއް ނުވަތަ ޓީޗަރެއްގެ ބެލެހެއްޓުމުގެދަށުން ލެބޯޓްރީއަށް ދަރިވަރުން ގެންދިއުމުންކަން އެނގޭނެ ގޮތެއް ނުވިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަޙްޤީޤް ކުރެވެމުންދާ މައްސަލައަކަށްވާތީ އިތުރު މައަލޫމާތު ދެވެން ނެތް ކަމަށެވެ. 

އެމެރިކާގައި ވެސް ވަނީ ދާދި ފަހުން 8 އަހަރުގެ ކުއްޖަކު އަމިއްލައަށް ބޮމެއް އުފައްދައި ގޭގެ ބެކްޔާޑްގައި ގޮއްވާލައިފައެވެ. ވީމާ ރާއްޖޭގައި މިފަދަ ކެމިކަލްތައް ހުރި ލެބޯޓްރީތައް ނުބެލެހެއްޓި، އެތަންތަނުން ދަރިވަރުން ނުރައްކާތެރި ކެމިކަލްތައް ނެރެ ބޮން ހަދާ ހިސާބަށް ދިއުމުން ޤައުމުގެ ހުރިހާކަމެއް ބޮއްސުންލައިގެން ގޮސްފައިވާ މިންވަރު މިއޮތީ އެންމެންނަށް ފެންނާށެވެ! 

ނުރައްކާތެރި ކެމިކަލްތަކެއް ހޯދުނު ޚަބަރު ފުލުހުން ޢާންމުކުރުމާއިއެކު އެކަންވެސް އެތީސްޓް ފަޅީގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި އަޅުވައިލީ ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށް ނެގެހެއްޓުމަށް އިޚްލާޞްތެރިކަމާއިއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ދީނީ ޢިލްމުވެރިންގެ އިސްތަށިފުޅުގައެވެ. އެހެންކަމުން މި ހިންގަނީ ކޮން ބާވަތެއްގެ ކަންކަން ކަމާއިމެދު ވަނީ ސުވާލުތައް އުފެދިފައެވެ. 

ސްކޫލުން ކެމިކަލްތަކެއް ވަގަށް ނެގުނު ގޮތް ފުލުހުން ވަރަށް ފުރިހަމައަށް ތަޙްޤީޤްކުރާނެ ކަމުގެ ޔަޤީންކަން މިއަދު މީޑިއާ އޮފިޝަލް ދެއްވިއެވެ. އެހެންކަމުން ޤައުމީ ސަލާމަތަށް ނުރައްކާތެރިވާފަދަ ކަމެއް ހިންގުމުގެ ފުރުޞަތު ކުޑަކުދިންތަކަށް ލިބުނު ގޮތް ވަރަށް ފުރިހަމައަށް ތަޙްޤީޤްކޮށް، މިކަމުގައި ޕްރިންސިޕަލާއި ޓީޗަރާއި ލެބޯޓްރީ ޓެކްނިޝިއަނުންނާއި ސްޕަވައިޒަރުންގެ އިހްމާލު އޮތް މިންވަރު ވަރަށް ފުރިހައަށް ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް ބެލެވެއެވެ. 

ރާއްޖެއަށް ބޭރުން އެތެރެކުރި ބޮމެއް ކަސްޓަމްސް އިން ދޫކުރުމާއި ބޮމެއް އުފެއްދޭނެ ކެމިކަލް ދަރިވަރުންނަށް ލިބޭނެ މަގު ސްކޫލަކުން ފަހިކޮށްދިނުމާއި ހުރި އެއްވެސް ތަފާތެއް ނެތް ކަމަށް ގިނަބައަކު ދަނީ ބުނަމުންނެވެ. "އެތަނުގެ ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ވަން ނަމަ އެއީ ސެކިޔުރިޓީ ބެލެހެއްޓުމުގެ މައްސަލައެއް. ޓީޗަރުން ވެއްދީމަ ވަދެ ނެގިނަމަ ޓީޗަރު މިކަމުގައި އިސް ދައުރެއް އަދާކުރީ. ދެބޯގެރި ދުއްވުމެއް ނަމަ ﷲ އާ ވަކީލް"

މިއަދު އޮންލައިން