ކުރަން ބޭނުންވާ ކަންކަން ނުވުމަށްވުރެ ނުރައްކާކަން ބޮޑީ އެދޭ ކަންކަން ޙާޞިލުވާ މީހުންނަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކުރަން ބޭނުންވާ ކަންކަން ނުވުމަށްވުރެ ނުރައްކާކަން ބޮޑީ އެދޭ ކަންކަން ޙާޞިލުވާ މީހުންނަށެވެ!

ކުރަން ބޭނުންވާ ކަންކަން ނުކުރެވެނީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އެއީ ﷲ ތަޢާލާ ތިބާއަށް ދެއްވަވާ މެސެޖެކެވެ. އެއަންގަވަނީ ތިބާއަކީ އެއްވެސް ބާރެއް ނެތް މީހެއް ކަމަށާއި ހުރިހާ ބާރުތަކެއް މިލްކުވެވޮޑިގެންވަނީ ތިމަން ﷲ އަށް ކަމެވެ. ތިބާއަށް އޮތީ ތައުބާވެ ބޭނުންވާ ކަންކަން ހިންމަވައި ދެއްވެވުން އެދި ދެންނެވުން ކަމެވެ. 

ޙާޞީލް ކުރަން ބޭނުންވާ ކަންކަން ޙާޞިލު ނުކުރެވޭނަމަ އެއީވެސް ހަމަ މަތިވެރި ނިޢްމަތެކެވެ. އެ ކަން ނިޢްމަތަކަށްވާނީ ތިބާއަކީ އެއްވެސް ކަމެއް ތިބާ ބޭނުންވާ ގޮތަށް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހެއް ނޫންކަން އަންގަވައި ދެއްވެވުމަށް އެ ދެއްވަވާ މެސެޖު ކިޔަން އެނގިއްޖެ ނަމައެވެ. 

މީސްތަކުންނޭވެ! އަހަރެމެންނަކީ ކިތަންމެ ބާރުގަދަ ބައެއް ކަމަށް ހީކޮށްގެން ދުނިޔޭގައި އުޅުނު ނަމަވެސް ޙަޤީޤަތުގައި އެއްވެސް ބާރެއް ހުރި ބައެއް ނޫނެވެ. ވީމާ ތައުބާވެ ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ! އަދި ބުނަން ހެއްޔެވެ؟ އެދޭ ކަންކަން ޙާޞިލު ނުވާ މީހުންނަށްވުރެ ނުރައްކައުތެރިކަން ބޮޑީ އެދޭ ކަންކަން ޙާޞިލުވާ މީހުންނެވެ. އެހެނީ އެމީހުންނަށް ކުރިމަތި ކުރައްވަވާނެ ސުވާލުތައް މާގިނަވާނެއެވެ. ފާސް ނުވެއްޖެ ނަމަ ކުރިމަތިވާނެ މައްސަލަތައް ވެސް މާނުރައްކައުތެރިވާނެއެވެ. 

ވީމާ ކޮންމެ މީހަކުވެސް މި ބަޔާން ކުރި ދެ ޙާލަތާއިމެދު އަބަދުވެސް ވަރަށް ފުންކޮށް ވިސްނާށެވެ! ޙަޤީޤީ ވިސްނުންތެރިންނަކީ މި ދެ ޙާލަތަށް ވިސްނައި އަމަލުތައް ސީދާ ކުރެވޭ މީހުންނެވެ! ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރެވޭ މީހުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން