ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ހުސްވެފައިވާ ފަނޑިޔާރުގެ މަޤާމަށް މަހާޒް އަލީ ޒާހިރު ޢައްޔަނުކުރަން މަޖިލީހުން ރުހުން ދީފިއެވެ. މަހާޒަށް ރުހުން ދީފައިވަނީ 55 މެންބަރުންނެވެ. މަހާޒް މިހައިތަނަށް ހުންނެވީ ޑްރަގްކޯޓުގެ ޤާޟީ ކަމުގެ މަޤާމުގައެވެ.
މަހާޒަށް ވޯޓު ދޭން އެމްޑީޕީން 3 ލައިން ވިޕެއް ނެރުމުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ މަޖިލީހުގައި އެކަމަށް ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. ސްޕްރީމް ކޯޓަށް އައްޔަނުކުރަން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި 2 ވަނަ ނަންފުޅަކީ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސަޢީދުގެ ނަންފުޅެވެ.
ޖާބިރު، އޭނާ އަކީ އިދިކޮޅު ލީޑަރު ކަމަށް ވިދާޅުވެ މިއަދުގެ ވޯޓު ނެގުމަށް ދެކޮޅު ހައްދަވައި މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވިއެވެ.