ގޮއިދޫގައި މުދިމެއް ޖިންސީ ގޯނާކުރި ކަމަށް ބުނާ ކުދިންނަށް ދައުލަތުން އެހީއެއް ނުވޭ!

ކިޔުމަށް ހޭދަވާނީ 1މ 22ސ
ގޮއިދޫގައި މުދިމެއް ޖިންސީ ގޯނާކުރި ކަމަށް ބުނާ ކުދިންނަށް ދައުލަތުން އެހީއެއް ނުވޭ!

ބ. ގޮއިދޫގައި މުދިމެއްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކުދިންނަށް ދައުލަތުން އެކަށީގެންވާ އެހީތެރިކަން ފޯރުކޮށް ދީފައި ނުވާ ކަން ފާހަގަކޮށް ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

2006 ވަނަ އަހަރު ފެންމަތިވި އެ މައްސަލައިގައި ތުހުމަތުވާ މުދިން މީހާގެ މައްޗަށް ކުރި ދައުވާގެ މައްސަލަ ކޯޓްގައި އޮންނަތާ 10 އަހަރު ފަހުން މި މަހުގެ އެއްވަނަ ދުވަހު ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. އެކަމާ ގުޅިގެން އޭރު ޖިންސީ ގޯނާގެ ޝިކާރައަކަށްވީ ކުދިންނާއި އެ މީހުންގެ އާއިލާތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެވެ.

އެ މައްސަލައިގައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ، ގޮއިދޫ ކުދިންތަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ކަމާބެހޭ ފަރާތްތަކުން ބަލަމުންދިޔުން ފިޔަވައި އިތުރު އެހީތެރިކަމެއް ދައުލަތުން އެ ކުދިންނާއި އާއިލާތަކަށް ފޯރުކޮށްދީފައިވާކަން ފާހަގަވެފައި ނުވާ ކަމަށާއި އެގޮތުން ކަމާ ބެހޭ މުއައްސަސާތަކުން އެރަށަށް ގޮސް އެކުދިންނަށް ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދީފައި ނުވާކަމަށެވެ.

"އެެއްވެސް އިދާރާއަކުން އަދި މިހާތަނަކަށް ވިކްޓިމްސްގެ (ޖިންސީ ގޯނާގެ ޝިކާރާއަކަށް ވި ފަރާތްތަކުގެ) ކައިރިއަށް (ގޮއިދޫއަށް) ގޮސްފައެއް ނެތް... މާލޭއިން އަޅުގަނޑުމެންނާ އާއިލާތަކާ ދިމާވި ގޮތަށް ދިމާ ނުވާ ކަމެއް ނޭނގޭ، އެހެން ނަމަވެސް ގޮއިދޫއަށް ވިޒިޓެއް ނުކުރާކަން އަޅުގަނޑަށް ޔަގީން،" ޖީހާން ވިދާޅުވި އެވެ.

މިއަދު އޮންލައިން