މާޔޫސްކަން އުފާވެރިކަމަށް ބަދަލުކުކޮށްލާނެ ވަރަށް ފަސޭހަ މަގެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މާޔޫސްކަން އުފާވެރިކަމަށް ބަދަލުކުކޮށްލާނެ ވަރަށް ފަސޭހަ މަގެއް!

ޖުމުލަ ގޮތަކަށް ބުނާނަމަ އެންމެ ބޮޑު މާޔޫސްކަމެއްގައި އަބަދުވެސް ތިބެނީ އެމީހަކު ޙާޞިލުލުކުރަން ބޭނުންވާ ކަންކަން ޙާޞިލު ނުކުރެވުމުން މާޔޫސްވާ މީހުންނެވެ. ސުވާލަކީ މާޔޫސްވުމަކީ އެއްވެސް މައްސަލައެއްގެ ޙައްލު ހެއްޔެވެ؟ ނުވަތަ އަމިއްލ ހަށިގަނޑަށް އިތުރަށް އަނިޔާ ކުރުން ހެއްޔެވެ؟ 

މިއަދު މި ބުނެދެނީ މާޔޫސްކަން ފިލުވައިލަން ވަރަށް ފަސޭހަ މަގެކެވެ. ކުރަން އުޅޭކަންކަން ވަރަށް ފަސޭހަކަމާއިއެކު ޙާޞިލުކުރެވުމުގެ މަގެވެ. ކާމިޔާބީ އާއިއެކު ދޮރުހުޅުވުމަށް ބޭނުންވާ ތަޅުދަނޑިއެވެ. 

ކޮށްލަންވީ ހަމަ ވަރަށް ކުޑަކުޑަ ކަމެކެވެ. ނަމާދާއި ނަމާދުގެ ކުރިންނާއި ފަހުން ކުރަން ބޭނުންވާ ހުރިހާ އަޅުކަމެއްކޮށް ނިންމައިލާށެވެ! އެއަށްފަހު މާގިނައިރަކު ނޫނެވެ. އެންމެ 3 މިނިޓްއިރު ވަންދެން މުސައްލަމަތީގައި އިނދެ ހަމައެކަނި ﷲ ތަޢާލާ އާއިމެދު ފިކުރުކުރާށެވެ! އަދި ނިދަން އޮށޯތުމުގެ ކުރިންވެސް ހަމަ މިފަދައިން ކަންތައް ކުރާށެވެ. 

މިފަދައިން ހޭދަކޮށްލާ ވަގުތުތަކުގައި ވަކި އެއްޗެއް ކިޔަވާކަށް ވެސް ނުބުނާނަމެވެ. ހަމަ އެކަނި ކުރަން ބޭނުންވާ ކަމަކީ ﷲ ތައާލާ ޢާއިމެދު ފުންކޮށް ވިސްނައި ފިކުރުކޮށްލުމެވެ. ތިމާގެ އަމަލުތަކާއިމެދު ވެސް ވިސްނައި ފިކުރުކޮށްލުމެވެ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު ތިބާގެ މާޔޫސްކަން އުފާވެރިކަމަށް ބަދަލުވެގެންދާތަން ދާދި އަވަހަށް ފެނިގެންދާނެއެވެ! އިން ޝާ ﷲ!

 

- އިސްލާމީ ތިލަވަފުގެ ދަރުސަކުން

މިއަދު އޮންލައިން