ރޮމުންދިއަ ތުއްތު ކުއްޖަކަށް ކިރިތި ޤުރްއާނުގެ އަޑު އިއްވުމުން، ކުރި އުފާވެރި އިޙްސާސް ދައްކައިދޭ ވީޑިއޯ އިން ބައްލަވައި ލެއްވުން ކީއްތޯއެވެ.
މިފަދަ ވީޑިއޯތައް ދޭތެރެދޭތެރެއިން ޢާންމުކުރެއެވެ. ތަކުރާރުކޮށް ހާމަކުރަމުން ގެންދަނީ ކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. މިޓްވީޓް ކުރެއްވި މުޙައްމަދު ވަޙީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ފާހަގަކުރައްވާފައިވަނީ ކީރިތި ޤުރްއާނުގެ އަލްއަޢްރާފް ސޫރަތުގެ 204 ވަނަ އާޔަތް ހާމަކުރައްވައިފައެވެ.
"އަދި ޤުރްއާން ކިޔަވާހިނދު ތިއަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިއަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ." (އަލްއަޢްރާފް: 204)
މިއާޔަތުން އެނގިގެންދަނީ ކީރިތި ޤުރްއާން ކިޔަވާހިނދު ކަނުލައި އަޑުއަހަން ޖެހޭނެ ކަމާއި ކަނުލައި އަޑު އެހުމުން ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެ ކަމެވެ.
ޤުރްއާނުގެއަޑުއިއްވުމުން،ރޮމުންދިޔަތުއްތުކުއްޖަކަށްކުރި އުފާވެރިއިޙްސާސް
— Mohamed Waheed Ibrahim (@Lawyer_Waddey) October 31, 2019
الأعراف204
وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ
އަދިقرآن ކިޔަވާހިނދު ތިޔަބައިމީހުންހަނުތިބެ،އެއަށްކަނުލައިއަހާށެވެ!(އެއީ)ތިޔަބައިމީހުންނަށްرحمةލެއްވުމަށްޓަކައެވެ. pic.twitter.com/s6iQwLkl9E