އަންހެނުންގެ އަޢުރައަކީ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެއްކަން އެއީ ފެށުނީންސުރެ ހުރިހާ މުސްލިމުންނަށް އެނގޭ ކަމެކެވެ. އެއީ ކިޔަވައިގެން މިއަދު އަންނަ ޢިލްމުވެރިން ދައްކަވާ ވާހަކަފުޅެއް ނޫނެވެ. ޒަމާނުންސުރެ ޢިލްމުވެރިން ބަޔާން ކުރައްވަމުން ގެންދަވާ ކަމެކެވެ.
ނަމަވެސް މިހާރުވެސް މިފެންނަނީ، ޙައްޖަށް ދެވެންދެން، ރޯދަ މަސް އަންނަންދެން ނުވަތަ ވަޒީފާއެއް ލިބެންދެން ނުވަތަ މީހަކު ކިޔައިފާނެ އެއްޗަކަށް ބިރުން އަޢުރަ ނިވާކުރަން ފަސްޖެހެމުން އަންނަތަނެވެ. ބާޒާރުގައި ފޮތި އަގުހެޔޮވަންދެން، ގިނަ ހެދުންތަކެއް ފެއްސެންދެން ލަސްކުރެވެމުން އަންނަތަނެވެ.
ލޮބުވެތި ކަނބަލުންނޭވެ! ކީރިތި ޤުރްއާނަށް ދެން އެއްވެސް އާޔަތެއް އިތުރެއް ނުވާނެއެވެ. އިތުރު ޙުކުމްފުޅެއްވެސް ބާވައި ނުލައްވަވާނެއެވެ. އިސްލާމް ދީނަށާއި ﷲ ތަޢާލާ އަށާއި ރަސޫލް (ޞޢވ) އަށް ލޯބިވުމަކީ ދީނުގައި ކުރަން އަމުރުފުޅު ކުރައްވަވާފައި ހުރި ކަންކަން ކުރުމަށް އަވަސްވެގަތުމެވެ. ޙިޖާބްގެ ޢާޔަތް ބާވައިލެއްވެވުމުން އެއިރު ތިއްބެވި ޞަހާބީ ބޭކަނބަލުން އެކަމަށް އަވަސްވެވަޑައިގެންނެވި ފަދައިންނެވެ. އެބޭކަނބަލުންގެ ހެދުންކޮޅުން ބައެއް ކަނޑުއްވައިލައްވަވައި އަޢުރަ ނިވާކުރެއްވެވި ފަދައިންނެވެ.
- ބަންޑާރަ މިސްކިތުގައި މިރޭ ޝައިޚް އަހްމަދު ސަމީރު ދެއްވެވި ދަރުސުން
ދަރުސްގެ ވީޑިއޯ: