ދެއްކި ހުރިހާ ބަހަނާތަކެއް ހުސްވެއްޖެ! އިތުރު ބަހަނާތައް ދައްކަން ނުހަދާ ލާދީނީ ޓެރަރިސްޓް އެމްޑީއެންގެ ވަބާއިން ރައްކައުތެރިކަން ހޯއްދަވައި ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ދެއްކި ހުރިހާ ބަހަނާތަކެއް ހުސްވެއްޖެ! އިތުރު ބަހަނާތައް ދައްކަން ނުހަދާ ލާދީނީ ޓެރަރިސްޓް އެމްޑީއެންގެ ވަބާއިން ރައްކައުތެރިކަން ހޯއްދަވައި ދެއްވާ!

ދެއްކެވި ހުރިހާ ބަހަނާތަކެއް ހުސްވެއްޖެ ކަމަށާއި އިތުރު ބަހަނާތައް ދައްކަވަން ނުހައްދަވައި ލާދީނީ ޓެރަރިސްޓް އެމްޑީއެންގެ ވަބާއިން ދިވެހި އުންމަތަށް ރައްކައުތެރިކަން ހޯއްދަވައި ދެއްވަން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދިވެހި ސަރުކާރަށް ގޮވާލައްވައިފިއެވެ. 

ޑރ. އިޔާޟް މިކަމަށް ގޮވާލައްވާފައިވަނީ ދިވެހިރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް" ގައި ހުރިކަމަށް ދީނީ ޢިލްމުވެރިން ފާހަގަކުރައްވަމުން ގެންދިއަ މައްސަލަތައް ހުރިކަން ފުލުހުންގެ ތަޙްޤީޤަވެސް ސާބިތުވާކަން ފުލުހުން ހާމަކުރުމުން ކުރެއްވި ޓްވީޓުގައެވެ. 

ޑރި. އިޔާޟް ވިދާޅުވެފައިވެއެވެ.  

"އަލިފާން ރޯވީމާ ޖެހޭނީ އަވަހަށް އަލިފާން ނިއްވާށެވެ! ރޯވި ސަބަބު ހޯދާނީ ފަހުންނެވެ. ނަމަވެސް އެމްޑީއެން އިން ފިތުނަ އުފެއްދީމައި މިޖެހުނީ އަނެއް ކޮޅަށެވެ. އެކޮޅުންވެސް ނިމިއްޖެއެވެ. ދެންވެސް އިތުރަށް ލަސް ނުކުރައްވައި މިކަން އަވަހަށް ނިންމަވައިލައްވަން އުލުއްވާށެވެ!

ލާދީނީ އެމްޑީއެންގެ ޓެރަރިސްޓް ރިޕޯޓް ދިފާޢު ކުރައްވާ ބޭފުޅުންނަށް ކޮށްލަން އޮތް ސުވާލަކީ، ތިއައިން ބޭފުޅެއްގެ މައިންބަފައިންގެ ޢަބުރަށް އަރައިގަންނައިރު ނުވަތަ އަމިއްލަ ނަފުސުގެ އަބުރު ކަތިލާއިރު ކަމަކަށް ނުހައްދަވައި ތިއްބަވާނީތޯއެވެ؟ ޖަވާބެއްގެ އިންތިޒާރުގައި ހުރީމެވެ."

މިއަދު އޮންލައިން