ޕޯސްޓާ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ހުޅުވައިގެން ބަލައިފާސްކުރާ ތަކެތީގައި ކަސްޓަމްސްގެ ސްޓިކަރ ޖަހަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޕޯސްޓާ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ހުޅުވައިގެން ބަލައިފާސްކުރާ ތަކެތީގައި ކަސްޓަމްސްގެ ސްޓިކަރ ޖަހަނީ

މާދަމާ (01 ނޮވެމްބަރ 2019) ވަނަ ދުވަހުން ފެށިގެން ޕޯސްޓް އަދި ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ލޯކަލް ކޫރިއަރ އެޖެންޓުގެ ޙާޟިރުގައި (މުދަލުގެ ވެރިފަރާތް ނުވަތަ ވެރިފަރާތް ތަމްސީލުކުރާނެ ފަރާތެއް ޙާޟިރުވެނެތި) ޕާރުސަލް ނުވަތަ ޕެކޭޖް ހުޅުވައިގެން ބަލައިފާސްކުރާ ހާލަތުގައި ކަސްޓަމްސްއިން ޗެކްކޮށް ނިމުމުން އެތަކެތީގައި ކަސްޓަމްސްގެ ޚާއްސަ ޓެމްޕަރ އެވިޑެންޓް ސްޓިކަރ އެއް ޖަހާގޮތަށް ކަސްޓަމްސް އިން ހަމަޖައްސައިފިއެވެ.         

މި ސްޓިކަރ ޖަހާނީ އެ ޕާރުސަލެއް ނުވަތަ އައިޓަމެއް ޗެކްކޮށް ނިމި ލޯކަލް ކޫރިއަރ އެޖެންޓު އެ ޕެކޭޖް ބަންދުކުރުމުން، އެ ޕެކޭޖް ބަންދުކުރި ޓޭޕް މަތީގައި ހުރަސްވާގޮތަށެވެ. އަދި މި ސްޓިކަރގައި، ޕެކޭޖް ހުޅުވި ތާރީޚާއި، ގަޑި ނޯޓުކޮށް ކަސްޓަމްސްގެ އިޖުރާޢަތްތައް ފުރިހަމަކުރިކަން އެނގޭނެގޮތަށް ކަސްޓަމްސްއިން ސޮއި ކުރާނެ އެވެ. 

ކަސްޓަމްސް އިން ބުނީ މީގެ އިތުރުން ކަސްޓަމްސްއިން ބަލައިފާސްކުރިކަން ދޭހަވާގޮތަށް، އެއްވެސް އެހެން ފަރާތަކުން ކަސްޓަމްސްގެ ނަން ބޭނުންކޮށްގެން، މުދަލުގެ ބޭރުގައި ޓޭޕްއަޅާ، އިސްޓިކާ ފަދަ ތަކެތި ހަރުކޮށް ހެދުމަކީ މަނާކަމެއް ކަމަށާއި އެހެންކަމުން އެއްވެސް ފަރާތަކުން އެކަންއެގޮތަށް ނުކުރުމަށް އަންގާ ކަމަށެވެ.

މިއަދު އޮންލައިން