މީހާގެ ހަރުކަށިކަން ކަމަށް މިބަލަނީވެސް ދީނުގައި އެމީހަކު އުޅޭ ގޮތް ބަދަލުކުރުމަށެވެ. 5 ފަވުގުތު ނަމާދު ނުކުރާ މީހަކު 5 ވަގުތު ނަމާދުކުރަން ފެށުމަށެވެ. ބުރުގާ ނުއަޅާ އަންހެނަކު ބުރުގާ އެޅުމަށެވެ. ދެން ކިހިނެއްތޯ ވާނީ؟
"އެމީހުން ކަންބޮޑުވަނީ ދީނީ ޢިލްމުވެރިން ދަރުސްތައް ދެއްވާތީ. ކޮންމެ ހުކުރު ދުވަހަކު ދޭ ޚުޠުބާތައް ކަނުލައި އަޑުއަހަން މަގު ފުރައި މީސްތަކުން ތިބޭތީ. ދީނީ ޢިލްމުވެރިންނަށް މީހުން އިހްތިރާމްކުރާތަން ފެންނާތީ. އެމީހުންނަށް އެބަ އެނގޭ މީހުން މިގޮތަށް ތިބި ނަމަ އެމީހުންނަށް މި ޤައުމުގަ އެއްވެސް މަގެއް ނެތްކަން. އެހެންވެ ހަމަލާތައް އެ އަމާޒުކުރަނީ."
އަޅުގަނޑުމެންގެ އަމާޒަކަށް ހަދަންވީ އަޅުގަނޑުމެން އިސްލާމް ދީނަށް އަމަލުކުރުމާއިއެކު އަޅުގަނޑުމެންނަށް އިސްލާމް ދީނުގެ ވާހަކަތައް ކިޔައިދީ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި އިތުރުކުރަން މަސައްކަތް ކުރުމެވެ.
އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތަށް އަމަލުކުރަން އެންމެންވެސް ސަމާލުކަންދޭންވީއެވެ. އިސްލާމް ދީނަށް ޢަމަލުކުރާ ހަރުދަނާ މުޖުތަމައުއެއްގެ ގޮތުގައި އަޅުގަނޑުމެން ތިއްބައި އަޅުގަނޑުމެންގެ އިސްލާމީ ވަންތަކަން ފަޅައިލުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
"ފަހަރެއްގައިވެސް ހީފުޅު ނުކުރައްވާތި މިހާރު ހިނގައިގެން މިއުޅޭ ޒާތުގެ ކަންކަން ދެން ނުހިނގޭނެ ކަމަށް. ހިނގާނެ. ހިންގާނެ. އިތުރު މާތް ނަބިއްޔާ (ޞޢވ) ގެ ޒަމާނުގައިވެސް އެމީހުން އުޅުނީ ހަމަ އެހެން. ވީމާ އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ އަޅުގަނޑުމެންގެ ސާބިތުކަން އިތުރުކޮށް ދައްކަމުން ދިއުން."
- ޝައިޚް އަހްމްދު ސަމީރު މިރޭ ބަންޑާރަ މިސްކިތުގައި ދެއްވި ދަރުސުން
ދަރުސްގެ ވީޑިއޯ: (އަދިވެސް ޙަމަލާ ދޭނެ)