ޗައިނާގަ 5 ‍. 3 މިލިއަން މުސްލިމުން ތިބީ ކޭމްޕްތަކުގަ ބަންދުކޮށްފަ! ދީން ދޫކުރަން ބާރު އެޅުމުގަ ނުކުރާ ކަމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޗައިނާގަ  5 ‍. 3 މިލިއަން މުސްލިމުން ތިބީ ކޭމްޕްތަކުގަ ބަންދުކޮށްފަ! ދީން ދޫކުރަން ބާރު އެޅުމުގަ ނުކުރާ ކަމެއް ނެތް!

އެއްވެސް ކުށެއް ނެތި ޗައިނާގެ 3 މިލިއަނާއި 5 މިލިއަނާއި ދެމެދުގެ އަދަދެއްގެ މުސްލިމުން ތިބީ ކޭމްޕްތަކާއި ޖަލުތަކުގައި ބަންދުކޮށްފައެވެ. އިސްލާމް ދީން ދޫކޮށްލުމަށް ބާރުއަޅައި ނުކުރާ ކަމެއް ނެތެވެ. ކުޑަކުދިން އަތުލައިގަނެގެން ގެންގޮސް ޗައިނާގެ ޢާއިލާތަކާއި ޙަވާލުކޮށްގެން ބޮޑުކުރަމުން ގެންދަނީ އެކުދިންގެ އަޞްލު ވެސް އެކުދިންނަށް އޮޅޭނެ ގޮތަށެވެ.

އަނިޔާ އާއި ވޭންތަކަށް ކެތް ނުކުރެވިގެން ކޮންމެ ދުވަހަކު އެތައް ސަތޭކަ ބައަކު ދަނީ މަރުވަމުންނެވެ. ނަމަވެސް ޗައިނާ އާއިއެކު ވިޔަފާރިކުރަން ބޭނުންވާތީ މިފަދަ އެއްވެސް ކަމަކަށް ބަހެއް ބުނެލަން ކުރޭ ޤައުމެއްވެސް ނެތެވެ. އަޅައިލާނެ ޖަމާއަތެއްވެސް ނެތެވެ.

ގަދަކަމުން ބަނޑުގައި އޮންނަ ދަރިފުޅު ވައްޓައިލައެވެ. ތަފާތު ބާރުގަދަ ބޭސްތައް ދީގެން މާޒީ ހަނދާން ނައްތުވައިލައެވެ.

ކޭމްޕްތަކުން މީހުން މިނިވަންކުރާ ކަމަށް ބުނި ނަމަވެސް އެއީވެސް ދޮގެކެވެ. ކޭމްޕްތަކުން ނެރެގެން ގެންދަނީ ޖަލުތަކަށެވެ. އަޅުންގެ ގޮތުގައި މަސައްކަތްކުރުވުމަށެވެ.

ޚަބަރުގައިވާ ޓްވީޓްގައި އިން ވީޑިއޯ ބައްލަވައިލައްވާށެވެ!

މިއަދު އޮންލައިން