މީހުންގެ ޙަޤީޤަތް އެނގޭނީ މި ދެ ޙާލަތަށް ބަލައިގެންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މީހުންގެ ޙަޤީޤަތް އެނގޭނީ މި ދެ ޙާލަތަށް ބަލައިގެންނެވެ!

މީހާގެ ޙަޤީޤަތް ހާމަކޮށްދޭ ދެކަމެއް ނުވަތަ ދެ ޙާލަތެއްވެއެވެ. 

1- ތިމާގެ އަތުގައި އެއްވެސް އެއްޗެއް ނެތްއިރު ހުރި ކެތްތެރިކަން

2- ހުރިހާ އެއްޗެއް ލިބުމުން މީހާ އަމަލުކުރާ ގޮތް 

މި ބަސް ނުވަތަ މިކަން ދެގޮތަކަށްވެސް ބަލައިލެވިދާނެއެވެ.

ފުރަތަމަ ބަލައިލަންވީ ވެރިކަން ފަދަ ކަމެއް ލިބިގަންނަން މަސައްކަތްކުރާއިރު އެމީހަކު ރައްޔިތުންނަށްވާ ވައުދުތަކަށާއި އެމީހާގެ އަޚްލާޤް ހުންނަގޮތަށެވެ. ދެން ވެރިކަން ލިބުމުން އެމީހާ ޢަމަލުކުރާ ގޮތަށެވެ. 

ހަމައެފަދައިން ތިމާ ލޯބިވާ މީހާ ޞާލުކުރަން މަސައްކަތްކުރާއިއިރު ދައްކާ ވާހަކަތަކާއި ޢަމަލުކުރާ ގޮތަށްވެސް ބަލައިލާށެވެ. އެއިގެފަހުން ލޯބިވެރިޔާ އާއި ކައިވެނިކުރުމުން އަމަލުކުރާ ގޮތަށްވެސް ބަލައިލާށެވެ. 

ދެކޮޅު އެއްގޮތަށް ދިމާ ކުރެވިއްޖެ ނަމަ އެމީހަކު ވާނީ ވަރަށް ތެދުވެރި ވަފާތެރި އިޚްލާޞްތެރިއަކަށެވެ. ދިމާ ނުވެއްޖެނަމަ އެމީހަކު ވާނީ ވަރަށް ޣައްދާރު، މަކަރުވެރިއަކަށެވެ.

މިއަދު އޮންލައިން