ތައުބާވާން އުނދަގޫ މީހުން ނިކަން މިފަދައިން ވިސްނައިލަބަލާށެވެ! ހެޔޮ މަގު ވިސްނޭނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ތައުބާވާން އުނދަގޫ މީހުން ނިކަން މިފަދައިން ވިސްނައިލަބަލާށެވެ! ހެޔޮ މަގު ވިސްނޭނެއެވެ! އިން ޝާ ﷲ

ތައުބާ ނުވެ ތިއަ ހުންނަނީ ތައުބާވުމުން ތިބާއަށް ދެއްވަވަން ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ނިޢްމަތްތައް ހަމަ ނުއެނގޭތީއެވެ. އެކަންކަން ތިބާއަށް ކުޑަކުޑަ މިންވަރަކަށް ވެސް އިޙްޞާޞް ކުރެވޭނަމަ ތައުބާ ނުވެ ހިނދުކޮޅަކުވެސް ތިބާ މަޑުނުކުރާނެއެވެ. 

މީސްތަކުންނޭވެ! ވިސްނައިލާށެވެ! ތަނެއްގައި އެކަނިވެލުމަށްފަހު ރަނގަޅަށް ހަމަޖެހިލައިގެން އިށީނދެލާށެވެ. އެއަށްފަހު ހިތް ހުޅުވައިލާށެވެ! ތިބާގެ ވަށައިގެން ހިނގަމުން މިދާ ކަންކަމަށް ވިސްނައިލަން މަސައްކަތްކުރާށެވެ! 

އެންމެ ފުރަތަމަ ތިބާގެ އަމިއްލަ ޙަޔާތާއިމެދު ފުންކޮށް ވިސްނައިލާށެވެ! ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ކުރަމުން ތިބާ ތިއަވަރަށް ގެންދާއިރުވެސް ތިބާއަށް ދެއްވަވާފައިވާ ޞިއްޙަތަށް ވިސްނައިލާށެވެ. ތިބާގެ ބޭނުންތައް ފުއްދަވައި ދެއްވަވަމުން ގެންދަވާ ކަމާއިމެދު ވިސްނައިލާށެވެ! އެއްވެސް ނިޢްމަތެއް އުނި ނުކުރައްވަވައި ދެއްވަވަމުން ގެންދަވާ ކަމާއިމެދު ވިސްނައިލާށެވެ! 

އެއަށްފަހު ތިމާގެ ބާރުގެދަށުގަ ހުރި މީހަކު ތިމާގެ އަމުރުތަކަށް ނުކިޔަމަންތެރިވެ ކަންކަން ކުރަމުން ގެންދާނަމަ ތިމާއަށް ކަންކަން ކުރެވޭނެ ގޮތާއިމެދު ވިސްނައިލާށެވެ. ހަމަ އެއްވެސް ފިޔަވަޅެއް ނާޅައި ހުރެވޭނެތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ. 

މީސްތަކުންނޭވެ! މީސްތަކުންގެ ނުކިޔަމަންތެރިކަން ހައްދުފަހަނައަޅައިދާއިރުވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަމާއިމެދު ވިސްނައި ޝުކުރުވެރިވާށެވެ! ޝުކުރުވެރިވުމަށް ކުރަން އޮތްކަމަކީ ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމެވެ. ފާފަތައް ކުރުން ހުއްޓާލައި ހެޔޮ އަމަލުތައް ކުރުން ގިނަ ކުރުމެވެ. ފުރުޞަތު ގެއްލިގެން ނުދަނީސް އެކަމަށް އަވަސްވެގަންނާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން