ބުނެލެވޭ ކުޑަކުޑަ ބަހަކުން ދިހަ ސަވާބު ލިބި ދިހަ ފާފަ ފުއްސަވައިދެއްވަވައި ދިހަ ދަރަޖަ މަތިވެރި ކުރައްވަވަން ބޭނުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ބުނެލެވޭ ކުޑަކުޑަ ބަހަކުން ދިހަ ސަވާބު ލިބި ދިހަ ފާފަ ފުއްސަވައިދެއްވަވައި ދިހަ ދަރަޖަ މަތިވެރި ކުރައްވަވަން ބޭނުން ހެއްޔެވެ؟

ބުނެލެވޭ ކުޑަކުޑަ ބަހަކުން 10 ސަވާބު ލިބި 10 ފާފަ ފުއްސަވައިދެއްވަވައި 10 ދަރަޖަ މަތިވެރި ކުރައްވަވަން ބޭނުން ހެއްޔެވެ؟ އެހެންކަމަށްވާނަމަ ރަނގަޅަށް އަޑުއަހާށެވެ!   

ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި މީހަކު 1 ފަހަރު ރަސޫލާ (ޞޢވ) އަށް ޞަލަވާތް ކިޔަވައިފި ނަމަ 10 ސަވާބު ދެއްވަވައި 10 ފާފަ ފުއްސަވައިދެއްވަވައި އަދި 10 ދަރަޖަ އެމީހަކު މަތިވެރި ކުރައްވަވާނެތެވެ.  

މީސްތަކުންނަކީ ފާފަ ކުރެވޭނެ ބައެއްކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންކަމުން ކުރެވޭ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދި ނުހަނު ފަސޭހައިން ކުރެވޭނެ ކަންކަން ﷲ ތަޢާލާ މިވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. ފާފަކުރެވުމުން އެމީހެއްގެ ދަރަޖަ ތިރިވެގެންދާ މިންވަރު މަތިކުރެވޭނެ ގޮތްތައްވެސް ﷲ ތަޢާލާ މިވަނީ ބަޔާންކޮށް ދެއްވަވައިފައެވެ.  

ހަމަ އެއާއިއެކު ދުޢާ ކުރުމުގެ ކުރިން ރަސޫލް )ޞޢވ) އަށް ޞަލަވާތް ކިޔެވުމަކީ ކޮންމެހެން ކުރަން އޮތް ކަމެކެވެ. އެކަމުގައި ވަކި މިނެއްވެސް ނެތެވެ. އެމީހަކު ބޭނުންވަރަކަށް ކުރަންވީއެވެ. ގިނައިން ކުރިވަރަކަށް އެކަމުގެ ފައިދާ ކުރާނީ ހަމަ އެމީހަކަށެވެ. ލިޔުމުގައިވާ ޙަދީޘްފުޅު ބައްލަވައިލައްވާށެވެ.

ޙަޤީޤަތުގައި ރަސޫލް (ޞޢވ) ގެ ނަންފުޅުގެ އަޑު އިވުމުން ޞަލަވާތް ކިޔެވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅެއްވެސްމެއެވެ.  

"ހަމަކަށަވަރުން، ﷲ އާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތްލައްވަތެވެ. އޭ އިމާންވެއްޖެ މީސްކަތުންނޭވެ! ތިއަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުންއެދި ތިއަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ!" (އަލްއަޙްޒާބް: 56) 

ރަސޫލް (ޞޢވ) އަށް ޞަލަވާތް ކިޔެވުން ގިނަކުރަންވީ ﷲ ތައާލާ ބާވައިލެއްވެވި މި އާޔަތަށް އަމަލުކުރުމަށެވެ. އެކަމުގެ ފައިދާ ﷲ ތަޢާލާ ދެއްވަވާނީ ހަމަ އެމީހަކަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން