ކަންކަމަށް އެދި މަސައްކަތް ކުރުން މިގޮތަށް ތަރުތީބުކޮށްބަލާށެވެ! ތަފާތު ފެންނާނެއެވެ! އިން ޝާ ﷲ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ކަންކަމަށް އެދި މަސައްކަތް ކުރުން މިގޮތަށް ތަރުތީބުކޮށްބަލާށެވެ! ތަފާތު ފެންނާނެއެވެ! އިން ޝާ ﷲ.

"މުޅި ދުނިޔެ ގަދަ ނިދީގައެވެ. ގޭގެ އެންމެން ވެސް ގަދަ ނިދީގައެވެ. ނަމަވެސް ތިބާ، ތިބާގެ އަރާމު ނިދި ދޫކޮށްލާފައި ހޭލީއެވެ. އަރާމު ތަންމަތި ދޫކޮށްލާފައި ތެދުވީއެވެ. ލޯބިވާ ބައިވެރިޔާގެ ގައިން އަތްވެސް ދޫކޮށްލައިފައެވެ. 

ތިބާ ވުޟޫކޮށްލީއެވެ. ދަމުނަމާދުކޮށްލީއެވެ. އެއަށްފަހު ތިބާ އެދޭ ކަންކަމުގެ ވާހަކަތައް ﷲ ތަޢާލާއަށް ދެންނެވީއެވެ.

ނިކަން ބުނެބަލާށެވެ! ﷲ ތައާލާގެ ޙަޟްރަތުގައި ތިބާ އާއި ގަދަ ނިދީގައި ނިދާފައި ތިބި މީހުންނާއި އެއްވަރު ވާނީ ކިހިނަކުން ހެއްޔެވެ؟  އެއީ ހަމަ އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫނެވެ. ނަމަވެސް ހިތާމައަކީ މިފަދަ ކަންކަމަށް ވިސްނާ މީހުން މަދުވަމުން އަންނަ ކަމެވެ. 

ދަމުނަމާދުގެ ވަގުތަކީ ތިބާ ޙާޞިލުކުރަން އެދޭ ކަންކަން ހިންމަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާ ވަގުތު ކަމުގައި ހަދާށެވެ! ފަތިސް ނަމާދަށްފަހު އެކަންކަން ޙާޞިލުކުރަން މަސައްކަތް ކުރަން ފަށާށެވެ! ﷲ ތަޢާލާގެ ވާގިފުޅާއިއެކު ތިބާ އެދޭ އެދުންތައް ދާނީ ޙާޞިލުވަމުންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން