އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ މާދަމާ ބާއްވަނީ!

ކިޔުމަށް ހޭދަވާނީ 56ސ
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ މާދަމާ ބާއްވަނީ!

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން، ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާގައި ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.

މިއީ ރައީސް އިބްރަހިމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގެންނެވި ފަހުން މަޖިލިހަށް ހުށަހަޅާ ދެވަނަ ބަޖެޓެވެ. މިބަޖެޓުވެސް ހުށަހަޅުއްވާ ދެއްވާނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.

އެމިނިސްޓްރީން މިއަހަރުގެ ޖުލައި މަހު މަޖިލިހަށް ފޮނުވާފައިވަ ފިސްކަލް ސްރެޓެޖީގައިވާ ގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އަދަދަކީ 39.6 ބިލިއަން ރުފިޔާއެވެ.

މިއަހަރަށް ދައުލަތުން ހުށަހެޅީ 29.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މަޖިލިހުން ގެނައި އިސްލާހުތަކާއިއެކު ބަޖެޓުގެ އަދަދު 30.2 ބިލިއަން ރުފިޔާއަށް އެރިއެވެ. ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި މަފާސްކުރި 1.7 ބިލިއަން ރުފިޔާއާއެކު ޖުމްލަ ބަޖެޓުގެ އަދަދު 30.9 ބިލިއަން ރުފިޔާއަށް އަރައެވެ.

ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެއަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅަންވާނެއެވެ. މާލިއްޔަތު ޤާނޫނު ބުނާ ގޮތުން އޮކްޓޯބަރ ގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެއެވެ.

 

 

މިއަދު އޮންލައިން