ދައުލަތުގެ ވަޒީރުން ޢާންމު ޓީވީތަކަށް އަރާއިރު ޞަލީބް ކުރެހި ހެދުން ނުލުމަށް ޑރ. އިޔާޞް އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ދައުލަތުގެ ވަޒީރުން ޢާންމު ޓީވީތަކަށް އަރާއިރު ޞަލީބް ކުރެހި ހެދުން ނުލުމަށް ޑރ. އިޔާޞް އިލްތިމާސް ކުރައްވައިފި

ދައުލަތުގެ ވަޒީރުން ޢާންމު ޓީވީތަކަށް އަރާއިރު ޞަލީބް ކުރެހި ހެދުން ނުލުމަށް ސަމާލުކަން ދޭން ޖެހޭކަމަށް ވިދާޅުވެ ޑރ. މުޙައްމަދު އިޔާޞް ޢަބްދުއްލަޠީފް އެކަމަށް އިލްތިމާސް ކުރައްވައިފި އެވެ. 

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވީ "ސަލީބް ޖަހާފައި ހުންނަ ފޭރާމުން ހެދުން ލުމަކީ، ޞަލީބު ޖަހާފަ ހުންނަ ހެދުން ލުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. ވީމާ ހެދުން، ފޮތި ފަދަ ތަކެތި އިކްތިޔާރުކުރާއިރު މިކަމަސް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް" ކަމަށް ވިދާޅުވެ ޝައިޚް ޢަލީ ޒައިދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. 

ޑރ. އިޔާޟް ވިދާޅުވީ މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.

މިއަދު އޮންލައިން