ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އިމްޕޯޓު ޑިއުޓީ އާއި ކަސްޓަމްސް ފީ އަށް ގެންނަ ބަދަލުގެ ތެރެއިން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ހިމަނައިފިއެވެ.
ރާއްޖެ އެތެރެކާ ކުރާ ކޮންމެ ސިގިރޭޓަކަށް މިހާރު ނަގާ ޑިއުޓީ ދެ ރުފިޔާ އިން ތިން ރުފިޔާ އަށް ބަދަލު ކުރުމަށް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
އިމްޕޯޓު ޑިއުޓީ އަށް އަދި ކަސްޓަމްސް ޑިއުޓީ އަށް ގެންނަ ބަދަލުތަކާއެކު 558.2 މިލިއަން ރުފިޔާގެ އާމްދަނީ އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކުރީ 2017 ވަނަ އަހަރު އެވެ.