ކުރިން ސްކޫލްތަކުން ދިން އަދަބު ހަމަ "ބެސްޓް" ކަން މަޖިލީހުގެ ރިޔާސަތުން ސާބިތުކޮށްދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ކުރިން ސްކޫލްތަކުން ދިން އަދަބު ހަމަ "ބެސްޓް" ކަން މަޖިލީހުގެ ރިޔާސަތުން ސާބިތުކޮށްދީފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު ޠޯރިޤް ކަށިގަނޑު ފުމޭތީ އެކަން ނުކުރާނެ ކަމަށް ބުނެ 100 ފޮޅުވަތް ލިޔަން މަޖިލީހުގެ ރިޔާސަތުން ޠޯރިޤަށް އެންގުމުން ކަށިގަނޑު ނުވަތަ ދުންމާރިފުމުން ހުއްޓާލައިފިއެވެ. 

މިއީ ދަރިވަރުންގެ އަޚްލާޤީ މައްސަލަ ދިމާވުމުން، ހޯމް ވޯކް ނުހެދުން، ސްކޫލަށް ގަޑިޖެހުން ފަދަ ކަންކަން ކުރުމާއި ގުޅިގެން ސްކޫޅުތަކުން މީގެކުރިން ދެމުން އައި އަދަބުތަކެވެ. މިފަދަ އަދަބު ދިނުމުގެ ސަބަބުން ކުދިންގެ އަޚްލާޤް ރަނގަޅުވުމުގެ އިތުރުން ރީތިކޮށް ލިޔަން ވެސް ދަސްވެއެވެ. 

މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް މުޙައްމަދު ނަޝީދު ޠޯރިޤަށް ވިދާޅުވީ " ދެން ތިމަންނާ މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނަން، އެގޮތަށް މި ދެންނެވި ޖުމްލަ 100 ފަހަރު ލިޔުއްވުމަށް ދަންނަވަން،" ކަމަށެވެ.

މަޖިލީހުގައި މިއަދު ކުރިއަށް ގެންދިއަ ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރުކުރި ރިޕޯޓު ޖުޑިޝަރީ ކޮމިޓީއިން ދިރާސާކޮށް ނިންމި މައްސަލައިގެ ބަހުސް މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ހައިލަމަށް ފާޑު ކިޔަން ފެށީ ނަސްރުގެ ދުވަހާއި ގުޅިގެން ހައިލަމް ފޮނުވި މެސެޖެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ހިލިހިލާ ޖަހައިގެން ދަމާ ކާޓޫނެއް ކްރިމިނަލް ކޯޓުގެ ވައިބާ ގުރޫޕަކަށް ލުމާއި ގުޅިގެންނެވެ.

މިއަދު އޮންލައިން