ބްރިޖު އެޅުމަށް 411 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ބްރިޖު އެޅުމަށް 411 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފި

މާލެ އާއި ތިލަފުށި ދެމެދު ބްރިޖު އެޅުމަށް 411 މިލިއަން ރުފިޔާ ހަރަދު ކުރަން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނައިފިއެވެ.

މިއަދު ބަޖެޓު ބަޔާން ހުށަހަޅުއްވަމުން  ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މާލެ އާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށު ގުޅާލާ ބްރިޖުގެ މަސައްކަތުގެ ދިރާސާ ކުރިއަށްދާ ކަމަށެވެ.

މި ސަރަހައްދު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސޯދީ ގޮތުން ފައިދާ ކުރާނެކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މި ޕްރޮޖެކްޓު ފެސިލިޓޭޓު ކުރާނީ ޕްލޭނިން މިނިސްޓްރީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީއިންނެވެ.

މީގެއިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ މާލޭގެ ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމަށް 247 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބެޖެޓުގައިވާ ގޮތުން އިގްތިސާދާއި ސިނާއީ ކުރިއެރުމަށް ވަނީ 7.9 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމައިފަ އެވެ. އެގޮތުން ކެޕިޓަލް ހަރަދުގެ ގޮތުގައި އޭގެ 84 ޕަސަންޓު ހަމަޖައްސާފައިވާ އިރު ރިކަރަންޓު ހަރަދުގެ ގޮތުގައި ލަފާކޮށްފައި ވަނީ 16 ޕަސަންޓެެވެ

މިއަދު އޮންލައިން