ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން އަންނަ އެމްޑީއެންއިން ނެރުނު ޝައިޠާނީ ރިޕޯޓާއި ދެކޮޅަށް އަދޫ އުފުއްލެވި ހުރިހާ ފަރާތްތަކަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް ވިދާޅުވީ ނަޞްރަކީ މުއުމިނުންގެ ޙައްޤެއްކަން މިއަދު އިތުރަށް ޔަޤީންވެގެން ހިނގައްޖެ ކަމަށެވެ! "އަލްޙަމްދުލިﷲ!"
އެމްޑީއެން އިން ދިރާސާ ރިޕޯޓެއްގެ ނަމުގައި ނެރުނު ޝއިޠާނީ ވަސްވާސްތަކާއި ގުޅިގެން 150 ވަރަކަށް ކައުންސިލުންވެސް ވަނީ ބަޔާންތައް ނެރެ އެ ލިޔުންތައް ކުށްވެރިކޮށްފައެވެ. ވަރަށް ގިނަ ރަށްރަށުގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ. ސޯޝަލް މީޑިއާގައި ގިނަ ބައަކު ވަނީ ޝުޢޫރު ފައުޅުކޮށްފައެވެ.