ދިވެހިންގެ ދީނަކީ އިސްލާމްދީން ކަމަށާއި ދިވެހިންނަކީ އިސްލާމްދީނަށް ނުހަނު ލޯބިކުރާ ބައެއް ކަމަށާއި އެއީ ދިވެހިންނަށް ލިބިފައިވާ އެންމެ އަގުބޮޑު ރައުސްމާލު ކަމަށްވާއިރު އެކަމާ ޙަސަދަވެރިވެ ދިވެހިންގެ އަތުން އެކަން ފޭރިގަންނަން މަސައްކަތްކުރާ ކޮންމެ ބައަކާ ދެކޮޅަށް ދިވެހިން ތެދުވާނެކަން އެވަނީ ޘާބިތުކޮށްދީފައި ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށް ޝައިޠާނީ ރިޕޯޓް ލިޔުނު މީހުންނާއި މެދު ގާނޫނީ ފިޔަވަޅު އެޅިގެންދާތަން ދެކުމަށް ދިވެހިން ތިބީ ކެތް މަދުވެފައި ކަމަށާއި އިން ޝާ ﷲ އެކަންވާނެ ކަމަށާއި މިދުނިޔޭގައި ނުވެއްޖެނަމަ، އާޚިރަތުގައިވެސް އެކަންވާނެކަން ޔަގީން ކުރުމަށެވެ.
ތިމާއަށް އިސްލާމްދީން ނޫން ދީނެއް ބޭނުންވާނަމަ، މިފަސްގަނޑު ނޫން އެހެންތަނަކަށް ގޮސް އެކަމާއިގެން އުޅުން ރަގަޅުވާނެ ކަމަށާއި އެކަންކުރަން ފަންޑުކުރާ މީހުންނަށް ވެސް އެއިރުން ފަސޭހަވާނެ ކަމަށްވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ. "ތިމާ އާއި އެކު އެހެންމީހުން ޖަހައްނަމަ އަށް ގެންދަން އުޅޭނެ ކަމެއް ނެތް. ވ. ގިނައިން ސަލާމް"