ކައިވެނީގެ މައްސަލަތަކުގަ އިސްލާމް ދީނުގެ އުޞޫލުތައް ޤަބޫލު ނުކުރާ މީހުންނަށް ޑރ. ޒާކިރު ނައިކް ދެއްވި ރައްދު ވަރަށް ފުރިހަމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ކައިވެނީގެ މައްސަލަތަކުގަ އިސްލާމް ދީނުގެ އުޞޫލުތައް ޤަބޫލު ނުކުރާ މީހުންނަށް ޑރ. ޒާކިރު ނައިކް ދެއްވި ރައްދު ވަރަށް ފުރިހަމަ!

އިންޑިއާގައި ކައިވެނިކުރެވޭ އުމުރަކީ 18 އަހަރެވެ. އެމެރިކާގައި ކައިވެނި ކުރެވޭ އުމުރަކީ 16 އަހަރެވެ. ހަމަ އެމެރިކާގެ ޓެކްސަސްގައި އުމުރުން 14 އަހަރުގައި ކައިވެނި ކުރެވެއެވެ. މިއީ މި ޤައުމުތަކުގެ ޤާނޫނު ކަމުގައިވުމުން އެއިން ކަމަކާއި ޝަކުވާ ކުރާނެ މީހަކު ނުވެއެވެ. 

އިސްލާމް ދީނުގައި ކައިވެނި ކުރެވޭ އުމުރަކީ ކުއްޖާ ބާލިޣްވުމެވެ. އެކަން މުސްލިމުންގެ ޤާނޫނު، ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. ނަމަވެސް އެކަމާއި ބެހި ފާޑު ނުކިޔައި ތިބެވޭ ކަމަށް ނުވެއެވެ. 

ރަސޫލް (ޞޢވ) ޞަހާބީއަކަށް ހަގު ކުއްޖަކާއި ކައިވެނި ކުރައްވަން ވިދާޅުވެފައި އޮތުމުން އެކަން އެބަ ކުށްވެރި ކުރެއެވެ. ރަސޫލް (ޞޢވ) ހުރިހާ މުސްލިމުން ހަގު ކުދިންނާއި ކައިވެނިކުރަން ޙަދީޘްފުޅު ކުރައްވަވާފައެއް ނުވެއެވެ. ކައިވެނިކުރަން ބަލަން ޙަދީޘްފުޅުގައި އޮތީ 4 ކަމެކެވެ. އެއިގެ ތެރެއިންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަވާފައި ވަނީ ތަޤްވާވެރިކަމަށެވެ. ކުއްޖާގެ އުމުރުގެ ވާހަކަ 4 ކަންތަކުގެ ތެރެއަކު ނުވެސް އާދެއެވެ. 

ރަސޫލް (ޞޢވ) ޞަޙާބީންނަށް ކަންކަން ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެބޭކަލަކު ބޭނުންވެވަޑައިގަންނަވާނެ ގޮތް ރަސޫލް (ޞޢވ) އަށް އެނގިވަޑައިގަންނަވާތީއެވެ. އެހެންކަމުން އެއްކަމެއްގައި 2 ޞަހާބީންނަށް 2 ގޮތަށްވެސް ޙަދީޘްފުޅު ކުރައްވަވާފައި އެބަހުއްޓެވެ. 

އެއްބޭކަލަކަށް ރޯދައަށް ހުންނަވައި އަނބިކަނބަލުންގެ ހަށިކޮޅުގައި ބޮސް ދެއްވަން ހުއްދަ ދެއްވެވިއެވެ. އެއީ ބޮސް ދެއްވި ނަމަވެސް އެބޭކަލަކަށް އެބޭކަލެއްގެ ނަފުސް ކޮންޓްރޯލް ކުރެއްވެވޭނެތީއެވެ. 2 ވަނަ ބޭކަލަކަށް އެ ހުއްދަ ވަނީ ނުދެއްވަވައިފައެވެ. އެއީ އެބޭކަލަކަށް އެބޭކަލެއްގެ ނަފްސް ކޮންޓްރޯލް ނުކުރެއްވެވޭނެކަން އެނގިވަޑައިގަންނަވާތީއެވެ. 

ކައިވެނި ޞައްޙަ ވާނީ އަންހެން މީހާ އާއި ފިރިހެން މީހާ ރުހިގެން ކައިވެނިކުރުމުންނެވެ. ވީމާ ކޮންމެ އުމުރެއްގެ ދެމީހަކު ނަމަވެސް، ދެ މީހުންގެ އުމުރު ކިތަންމެ ތަފާތު ނަމަވެސް ކައިވެނި ކުރެވޭ 2 މީހުންގެ ރުހުމުގައި ކައިވެނި ކުރެވޭނަމަ އެކަމާއި ބެހުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އެއީ އެދެމީހުންގެ ކަމެކެވެ. 

ދެން ބަލައިލަންވީ ރަސޫލް (ޞޢވ) ކުރެއްވެވި ކައިވެނިފުޅުތަކަށެވެ. އެންމެ ފުރަތަމަވެސް ކައިވެނިފުޅު ބައްވަލައިގަތީ ރަސޫލް (ޞޢވ) އަށްވުރެ 15 އަހަރު ދޮށީ ބޭކަނބަލަކާއިއެވެ. ހުރިހާ އަނބިކަނބަލުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވަނީ ބިކުރުވެރި އެންމެ ބޭކަނބަލެކެވެ. ދެން ތިއްބެވީ ކައިވެނި ރޫޅިފައި ނުވަތަ ހުވަފަތްވެފައި ތިއްބެވި ބޭކަނބަލުންނެވެ. 

- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން