ވޯރލްޑް ބޭންކުން ރާއްޖޭގައި ކުރިއަށްގެންދަން ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ވޯރލްޑް ބޭންކުން ރާއްޖޭގައި ކުރިއަށްގެންދަން ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކޮށްފި

ވޯރލްޑް ބޭންކުން ރާއްޖޭގައި ކުރިއަށްގެންދަވާ މަޝްރޫޢުތަކާއި ކުރިއަށް ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރާއްޖެ ވަޑައިގެން އުޅުއްވާ ވޯރލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ވަފުދުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ބައްދަލުކުރައްވައި ހިއްސާކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި އޮތް މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވޯރލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ވަފުދުގެ ބޭފުޅުން ވަނީ މިހާރު ރާއްޖޭގައި އެ ބޭންކުން ކުރިއަށްގެންދަވާ މަޝްރޫޢުތަކާއި ކުރިއަށް ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، ވޯރލްޑް ބޭންކުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކާއި އަދި ކުރިއަށް އޮތްތަނުގައި އެހީ ދެވިދާނެ ދާއިރާތަކާއިގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ، ވޯރލްޑް ބޭންކުގެ ވަފުދުގެ ބޭފުޅުންނަށް މަރުޚަބާ ވިދާޅުވެ ރާއްޖޭގެ އިޤްތިސާދީ ލަނޑުދަނޑިތަކާއި އަމާޒުތަކާގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ އިޤްތިސާދީ ދުވެލި ހަރުދަނާކޮށް ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުން ގެންދަވާ މަސައްކަތުގެ ތަފްސީލު ވަނީ ދެއްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އީވާ ޢަބްދުﷲ އާއި އަމީންޢާއްމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

 

މިއަދު އޮންލައިން