މުސްލިމުންނަށް އޮތީ ނަމާދު ވަގުތު ޖެހުމުން އެމީހަކު ހުރި ތަނެއްގައި ހުރެގެން އަވަހަށް ނަމާދުކުރުމެވެ. ވީމާ އަަވސްވެގަންނަންވީ ނަމާދު ކުރުމަށެވެ.
ޝައިޚް އިލްޔާސް ޖަމާލު ވިދާޅުވެފައިވެއެވެ.:
(وجعلت لي الأرض مسجدا وطهورا)
"އަދި ތިމަންކަލޭގެފާނަށް ބިމަކީ ނަމާދުކުރެވޭ، އަދި ޠާހިރުތަނެއް ކަމުގައި ލެއްވުނެވެ."
މިއީ ކީރިތި ރަސޫލާﷺ އަށްޓަކައި މި އުއްމަތަށް މާތް ﷲ ދެއްވި ޚާއްޞިއްޔަތެކެވެ. ޔަހޫދީންނާއި ނަޞޯރާއިން ދެކޭގޮތުގައި ފައްޅީގައި މެނުވީ އަޅުކަން ނުކުރެވެ އެވެ.