2024 ގަ ވެސް ދުނިޔޭގެ އިޤްޠިޞާދުގެ އެންމެ ބޮޑު ބާރަކަށް އޮންނާނީ ޗައިނާ!: އައިއެމްއެފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
2024 ގަ ވެސް ދުނިޔޭގެ އިޤްޠިޞާދުގެ އެންމެ ބޮޑު ބާރަކަށް އޮންނާނީ ޗައިނާ!: އައިއެމްއެފް

2024 އަށް އަނަދާޒާކޮށް އައިއެމްއެފުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން 2024ގައި ވެސް ދުނިޔޭގެ އެންމެ ބޮޑު އިޤްޠިޞާދީ ބާރަކަށް އޮންނާނީ ޗައިނާއެވެ. ޗައިނާއިން ދުނިޔޭގެ ޖީޑީޕީގެ 28.3 އިންސައްތަ ހިއްސާކުރާނެއެވެ. 

15.5% އާއިއެކު ދެވަނައިގައި އޮންނާނީ އިންޑިއާއެވެ. އެމެރިކާ 3 ވަނައިގައި އޮންނާނީ 9.2% އާއިއެކުއެވެ. 

ދުނިޔޭގެ ނިޞްބަތުން ބަލައިފިނަމަ އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ތެޔޮ އުފައްދާ ޢަރަބި ޤައުމުތަކަށެވެ. ނަމަވެސް އިސްރާފާއި ހަނގުރާމަތަކަށް ކުރާ ހޭދަ އިތުރުވަމުން އަންނާތީ ދުނިޔޭގެ ނިޞްބަތުން އިޤްޠިޞާދީ ކުރއެރުން ލިބެންވާ ވަރަކަށް ނުލިބެއެވެ. 

އައިއެމްއެފުން އަންދާޒާ ކުރާ ގޮތުގައި 2024 އަންނައިރު ދުނިޔޭގެ އިޤްޠިޞާދަށް 3% ގެ ދަށްވުމެއް އަންނާނެއެވެ. އެހެންކަމުން ޤައުމުތަކުން އިޤްޠިޞާދު މެނޭޖްކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން