ވަކި ޖިންސަކަށްވުމުން ހެޔޮ ޢަމަލު ކުރުމުގައި ފަހަތަށް ޖެހެވޭނެ ގޮތެއް ނެތެވެ!: ޤުރްއާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ވަކި ޖިންސަކަށްވުމުން ހެޔޮ ޢަމަލު ކުރުމުގައި ފަހަތަށް ޖެހެވޭނެ ގޮތެއް ނެތެވެ!: ޤުރްއާން

މި އާޔަތަށް ވިސްނާށެވެ! އަންހެނަކަށް ނަމަވެސް ފިރިހެނަކަށް ނަމަވެސް ޤިޔާމަތް ދުވަހު ޖަޒާ ލިބެން އޮތީ އެމީހަކު ދުނިޔޭގައި ކުރިއަމަލަކަށެވެ. ހެޔޮ ކަންކަމަށް ހެޔޮ ޖަޒާއެވެ. އަދި ނުބައި ކަންކަމަށް އެކަމުގެ ޖަޒާއެވެ. ވީމާ ވަކި ޖިންސަކަށް ވުމަކުން އެއްވެސް ތަފާތެއް ނެތެވެ. މަތިވެރިކަމެއްވެސް އަދި ނިކަމެތި ކަމެއްވެސް ނުމެނެތްމެއެވެ. 

އަންހެނަކަށްވީތީ މަދުން އަޅުކަންކުރަން ޖެހޭނެ ކަމުގެ ވިސްނުން ދޫކޮށްލާށެވެ! ނަމާދު ވަގުތުވުމުން ލަސްކުރަންޖެހޭނެ ކަމަށް ޤަބޫލުނުކުރާށެވެ! މަދުން ޤުރްއާން ކިޔަވައިގެން ފުދޭނެ ކަމަށް ހީނުކުރާށެވެ! ވީހައި ގިނައިން އަޅުކަން ކުރަން އަންހެނުންނާއި ފިރިހެނުން ވާދަކުރާށެވެ! 

ދެމަފިރިން ނަމަ އަޅުކަން ކުރަން ދެމީހުން އެކަކު އަނެކަކަށް އެހީތެރިވެދޭށެވެ! އެއީވެސް އަޅުކަމެކެވެ.  

"ތިއަބައިމީހުންގެ ތެރެއިން އެއްބައެއްގެ މައްޗަށް އަނެއްބައަކު މާތްކުރައްވައި، މޮޅުކުރެއްވި ކަންތަކަށް ތިއަބައިމީހުން ނޭދޭށެވެ! ފިރިހެނުންނަށްވެސް، އެއުރެން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، އަންހެނުންނަށްވެސް، އެކަނބަލުން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، ﷲ ގެ ފަޟްލްވަންތަކަމުގެ ތެރެއިން، (ދެއްވުމަށް) ތިއަބައިމީހުން އެދޭށެވެ! ހަމަކަށަވަރުން، ﷲ އީ، ކޮންމެކަމެއްމެެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައިވެއެވެ." (ނިސާ: 32) 

މިއާޔަތުންވެސް އެނގިގެންދަނީ އަނހެނަކަށްވުމުން ނުވަތަ ފިރިހެނަކަށްވުމުން ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭނެ މަތިވެރިކަމެއް ނެތްކަމެވެ. އެމީހަކު ކުރި އަމަލަކަށް ޙައްޤު ޖަޒާ ދެއްވަވާނެ ކަމެވެ. ޖިންސީ ތަފާތުކުރުމެއް އިސްލާމް ދީނުގައި ނެތްކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން