ސަޢުދުގެފާނުގެ މަންމާފުޅު އަވަހާރަވީ އެކަމަނާގެ އަރިއްަހުގައި ސައުދުގެފާނު ނެތިއެވެ. އެކަމުގެ ހިތާފުޅުިގައި ވަޑައިގެން ރަސޫލް (ޞޢވ) އަރިހުގައި ދެންނެވިއެވެ. "މަންމާފުޅު އަވަހާރަވީ ތިމަން ކަލޭގެފާނު އެކަމަނާގެ އަރިއަހުގައި ނެތީހެވެ. ތިމަންކަލޭގެފާނު އެކަމަނާގެ ޙައްޤުގައި ޞަދަޤާތެއް ކޮށްފިނަމަ އެކަމުން އެކަމަނާއަށް (މަންމާފުޅަށް) ފައިދާއެއް ކުރާނެތޯއެވެ؟
ޖަވާބުގައި ރަސޫލް (ޞޢވ) "ފައިދާކުރާނެ" ކަމަށް ޙަދީޘްފުޅުކުރެއްވެވުމުން ސައުދުގެފާނު ވިދާޅުވިއެވެ. "ފަހެ މިޙްރާފޭ ކިޔުނު ކަދުރު ދަނޑު އެކަމަނާގެފަރާތުން ޞަދަޤާތްކުރި ކަމަށް ކަލޭގެފާނު (ރަސޫލް- ޞޢވ) ހެކިވެވަޑައިގަންނަވާށެވެ!"
حَدَّثَنَا مُحَمَّدُ بْنُ سَلَامٍ، أَخْبَرَنَا مَخْلَدُ بْنُ يَزِيدَ، أَخْبَرَنَا ابْنُ جُرَيْجٍ، قَالَ: أَخْبَرَنِي يَعْلَى، أَنَّهُ سَمِعَ عِكْرِمَةَ، يَقُولُ: أَنْبَأَنَا ابْنُ عَبَّاسٍرَضِيَ اللَّهُ عَنْهُمَا، أَنَّ سَعْدَ بْنَ عُبَادَةَ رَضِيَ اللَّهُ عَنْهُ تُوُفِّيَتْ أُمُّهُ وَهُوَ غَائِبٌ عَنْهَا، فَقَالَ: يَا رَسُولَ اللَّهِ، إِنَّ أُمِّي تُوُفِّيَتْ وَأَنَا غَائِبٌ عَنْهَا، أَيَنْفَعُهَا شَيْءٌ إِنْ تَصَدَّقْتُ بِهِ عَنْهَا؟ قَالَ: نَعَمْ، قَالَ: فَإِنِّي أُشْهِدُكَ أَنَّ حَائِطِيَ الْمِخْرَافَ صَدَقَةٌ عَلَيْهَا".
SAHIH HADITH:
Narrated Ibn `Abbas: The mother of Sa`d bin 'Ubada died in his absence. He said, O Allah's Apostle! My mother died in my absence; will it be of any benefit for her if I give Sadaqa on her behalf? The Prophet said, Yes, Sa`d said, I make you a witness that I gave my garden called Al Makhraf in charity on her behalf.
REFERENCE:Sahih Al Bukhari 1: Chapter 56, Hadith 2756
މިއަދު ވެސް ހަމަ މަރުވަމުން އެދަނީ އަޅުގަނޑުމެންގެ ލޮބުވެތި މައިންނެވެ. 9 މަސް ދުވަސްވަންދެން ބަނޑުގައި ބާއްވައިގެން އުފުލި މަންމަ އެވެ. ވިހެއުމަށްފަހު ރެއާއި ދުވާލުގ އަހަރެމެންނަށްޓަކައި ޚިދުމަތްކުރި މައިމީހާއެވެ.
ދަރިންކޮޅު އުކާލާފައި ގެއިން ބޭރުގައި އުޅޭ މައިންގެ ވާހަކަ ދައްކާކަށް ނެތީމެވެ. އެމީހުން އެކުރާ ކަންކަމާއި ﷲ ތައާލާ އާއި ވަކީލެވެ. ނަމަވެސް ދަރިންގެ ކަންކަން ﷲ ތައާލާ އެންގެވި ގޮތުގައި ބަލަހައްޓަމުން ގެންދާ މައިން މިއަދު ދަރިންނަށްޓަކައި އެކުރާ މަސައްކަތް އެ ޒަމާނަށްވުރެ އެތައް ގުނައަކަށް ބުރައެވެ. ދަރިންނަސް ކިޔަވައިދިނުމަށްޓަކައި ދުވާލަކު 3 އިރަށް ނަލަހައްދައިގެން 3 ދިމާއަށް ގެންދާ ގެންދިއުން ފަދަ ކަންކަން ކުރާކަށް އެއިރަކު ނުޖެހެއެވެ.
މީސްތަކުންނޭވެ! މިފަދަ ކަންކަމަކީ ވިސްނައި ފިކުރުކުރަން ޖެހޭނެ ކަންކަމެވެ. މައިންބަފައިންނަށްޓަކައި ޞަދަޤާތްކުރުން ގިނަކުރާށެވެ! ލިބޭ މިންވަރަކުންނެވެ. އެއިރުން 2 ސަވާބު ދެއްވަވާނެތެވެ. ﷲ ތައާލާގެ މަގުގައި ޞަދަޤާތްކުރި ކަމުގެ ޘަވާބާއި މައިންބަފައިންނަށް ޚިދުމަތްކުރި ކަމުގެ ޘަވާބެވެ. އިން ޝާ ﷲ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން