އެހެން މީހެއްގެ ސަބަބުން ގެއްލުވާލައިގެން ނުވާނެ 3 ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
އެހެން މީހެއްގެ ސަބަބުން ގެއްލުވާލައިގެން ނުވާނެ 3 ކަންތައް!

އެހެން އެއްވެސް މީހެއްގެ ސަބަބުން ގެއްލުވާލައިގެން ނުވާނެ 3 ކަމެއް ފާހަގަކޮށްލާނަމެވެ. 

1 ތިބާގެ އުފާވެރިކަން އެއްވެސް މީހަކު ޖަހައިގަތަ ނުދޭށެވެ.

 2 އެއްވެސް މީހެއްގެ ނުފޫޒުން ތިބާގެ އޯގާތެރިކަމާއި ދީލަތިކަން އެހެން މީހުންނަށް ފޯރުވުން ހުއްޓުވިއަ ނުދޭށެވެ.

 3 އެއްވެސް މީހަކު ބުނާ ތިބާގެ ހިތުގައި ޖެހޭ ފަދަ ބަސްތަކުން ނުވަތަ ކުރާ އަނިޔާއަކުން ތިބާއަކީ ނިކަމެތި ނުކުޅެދޭ، ފިރުކެން ޖެހޭ މީހަކަށް ނުވާށެވެ. އަދި އެމީހަކަށް މާފު ނުކުރެވޭ ވަރުގެ މީހަކަށްވެސް ނުވާށެވެ. 

މިފަދަ އެއްވެސް ކަމަކާއި ގުޅިގެން ކަންބޮޑުވެ ގޮތް ހުސްވާ މީހަކަށް ނުވާށެވެ! ތިބާއަށް ކުރިމަތިވާ ހުރިހާ ކަމެއް 7 އުޑުމަތިން ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން ޔަޤީންކޮށްގެން އަބަދުވެސް ހުންނާށެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން